twitterviber whatsapp telegramfacebookyoutube instagram
19th January 2026

ދިރާގުން މަމްސް ޖަމިއްޔާގެ 'ބެކް ޓު ސްކޫލު' ޕްރޮގްރާމަށް އެހީވެއްޖެ

ނަބީލާ އިސްމާޢީލް
May 24, 2024

މުޖުތަމަޢުގައި އެހީއަށް ބޭނުންވެފައި ތިބި އާއިލާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، މަމްސް އެއިޑްގެ 'ބެކް ޓު ސްކޫލް 2024' ޕްރޮގްރާމުގައި ދިރާގުން ބައިވެރިވެއްޖެއެވެ.

ދިރާގުން ބުނީ، މި ޕްރޮޖެކްޓުގެ މައިގަނޑު މަގުޞަދަކީ ދިރާސީ އަހަރު ފެށޭއިރު މުޖުތަމަޢުގައި އެހީއަށް ބޭނުންވެފައި ތިބި އާއިލާތަކުގެ ތެރެއިން ޚާއްސަކޮށް އެކަނިވެރި މައިންނަށް އެއްބާރުލުން ދިނުން ކަމަށެވެ.

މިގޮތުން، އެ މައިންގެ ތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން ބަލި ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ ފަރާތްތައް ވެސް ހިމެނޭ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

'ބެކްޓު ސްކޫލް 2024' ޕޮރޮގްރާމްގެ ދަށުން މަމްސް އެއިޑްގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކަށް ކުދިންނަށް ބޭނުންވާ ބޫޓާއި، އިސްޓާކީނާއި ދަބަހާއި ޔުނީފޯމް ސެޓްގެ އިތުރުން ސްޓޭޝަނަރީ ފޯރުކޮށްދޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގުން ބުނި ގޮތުގައި، މި ޕްރޮގްރާމްގެ ދަށުން މަމްސް އެއިޑްގެ ކެއާ ލިސްޓުގައި ހިމެނޭ ޕްރީ ސުކޫލް ލެވެލްގެ ދަރިވަރުންނަށް އެ ތަކެތި ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި، މި ޕާޓްނާޝިޕްގެ މަގުސަދަކީ އެ އާއިލާތަކަށް އެއްބާރުލުން ދިނުމާއި ޚާއްސަކޮށް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ މައިންނަަށް އެހީތެރިކަން ފޯރުކޮށްދީ އެއްބައިވަންތަ މުޖުތަމައެއް ބިނާކުރުން ކަމަށް ދިރާގުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355