twitterviber whatsapp telegramfacebookyoutube instagram
24th October 2026

މޭޔަރު ސްކޫލުތަކަށް ޒިޔާރަތްކުރައްވައި ހާލަތު ބައްލަވާލައިފި

ނަބީލާ އިސްމާޢީލް
May 27, 2024
2

ކުޅުދުއްފުށި މޭޔަރު މުހައްމަދު އާތިފް ކުޅުދުއްފުށީގެ ސަރުކާރުގެ ސްކޫލަށް ޒިޔާރަތްކުރައްވައި، އެތަންތަނުގެ ހާލަތު ބައްލަވާލައިފި އެވެ.

މި ޒިޔާރަތުގައި މޭޔަރު ވަނީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި އެސްއެމްޓީއާ ބައްދަލުކޮށް އެތަންތަނުގައި ހުރި ގޮންޖެހުންތައް އޮޅުންފިލުއްވާފަ އެވެ.

ކުޅުދުއްފުށީގެ ސަރުކާރު 03 ސްކޫލުގައި ޖުމްލަ 2874 ދަރިވަރުން ތައުލީމު ހާސިލް ކުރަމުންދާއިރު، ސިޓީ ކައުންސިލުން ބުނީ ކިޔަވައިދިނުމަށް އެކަށީގެންވާ މިންވަރަށް މުދައްރިސުން ތިބިކަމާއި ދަރިވަރުންގެ ފޮތްތައް ލިބުމުގައި ދަތިކަމެއް ނެތްކަން ސްކޫލްތަކުން ފާހަގަކޮށްފައިވާކަމަށެވެ.

ސިޓީ ކައުންސިލުންވެސް ފާހަގަކުރެއްވީ، މިވަގުތު 3 ސްކޫލަށްވެސް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށެވެ.

އަދި މި މައްސަލަ ހައްލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކުގައި ފަށާފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫތަކުގެ މަސައްކަތް ހުއްޓިފައިވުމަކީ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ކުޅުދުއްފުށީގެ ސްކޫލުތަކުގައި މިއަހަރު 294 ޓީޗަރުން މަސައްކަތްކުރާނެ އެވެ. އޭގެ ތެރެއިން 41 ޓީޗަރުންނަކީ ބިދޭސީ ޓީޗަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293