twitterviber whatsapp telegramfacebookyoutube instagram
16th March 2026

ސިޓީ ކައުންސިލުން ރޯޑް ސްވީޕާރަކާއި ސްކިޑް ލޯޑަރަކާއި ޑަމްޕް ޓްރަކެއް އަދި އެކްސްކަވޭޓަރެއް ހޯދަނީ

ނަބީލާ އިސްމާޢީލް
May 29, 2024

ކުޅުދުއްފުށީ ކައުންސިލުން ރޯޑް ސްވީޕާއަކާއި ސްކިޑް ލޯޑަރަކާއި ޑަމްޕް ޓްރަކެއް އަދި އެކްސްކަވޭޓަރެއް ހޯދަން ބޭނުންވެގެން އެތަކެތި ހޯދައިދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި އެވެ.

ކައުންސިލުން ބުނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 10ގެ ކުރިން އީމެއިލް ކުރެއްވުމަށާއި 11 ޖޫންގެ 10:30ގެ ކުރިން ރަޖިސްޓަރވުމަށް އަދި 12 ޖޫންގެ 10:30ގެ ކުރިން އަންދާސީ ހިސާބު ހުށަހަޅަން އެދޭކަމަށެވެ.

އެ ކައުސިލުން ބުނީ އަންދާސީ ހިސާބު ހުށަހަޅާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް އަންދާސީ ހިސާބު ކަމަށާއި އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުންދޭ މުނިސިޕަލް ހިދުމަތްތައް ފުޅާކޮށް އަވަސް އަދި ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށް މަސައްކަތްކުރާނެ ކަމަށް މޭޔަރުވަނީ ވިދާޅުވެފަ އެވެ.

ސިޓީ ކައުންސިލުން މީގެ ކުރިންވެސް 2 ފަހަރެއްގެ މަތިން ރޯޑް ސްވިޕަރއެއް ހޯދުމަށް އިއުލާނުކުރިނަމަވެސް އެކަށީގެންވާ ތަރުހީބު އެ ކައުންސިލަށް ލިބިފައެއްނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355