ޓޫރިޒަމަށް ތަރައްގީ ކުރުމަށް ތަރައްޤީކުރުމަށް ބައެއް ފަޅުރަށްތަކާއި ފަޅުތަކެއް ހިމެނޭހެން 17 ތަނެއް ބީލަމަށް ހުޅުވާލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނާގޮތުން ބީލަމަށް ހުޅުވާލީ ތަންތަނުގެ ތެރޭގައި 11 އަތޮޅަކުން 14 ރަށަކަށާއި ތިން ފަޅެއް ހިމެނެއެވެ.
އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ޕްރޮޕޯސަލްއާ އެކު ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމް ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓް ލިބޭނެއެވެ.
ހދ. ވައިކަރަމުރައިދޫ (15 ހެކްޓަރު)
ށ. ކުޑަޅައިމެންދޫ
ރ. ދިއްކުރެއްދޫ
ޅ. ދިއްފުށި
ޅ. ވިހަފަރުފިނޮޅު
ކ. ހިއްމިއްޔަ ފަޅު
ކ. އަތޮޅު ފަޅެއް
އއ .އަލިކޮއިރަށް
ވ. ފަޅެއް
ތ. ގާލީ
ތ. ރުއްތިބިރަށް
ތ. ކަނިމީދޫ
ލ. ކަށިދޫ
ލ. ހަންހުށި
ގއ. ބޭރުމައުޑޫ
ގދ. ކަޅެހުއްޓާ
މި ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ލީޒް އެކިއުޒިޝަން ކޯސްޓެއް ދައްކަން ޖެހެނީ ކ. ހިއްމިއްޔާ ފަޅަށެވެ. އެއީ 23.5 މިލިއަން ޑޮލަރެވެ. ދެން އެންމެ ބޮޑު އެކިއުޒިޝަން ކޯސްޓެއް ދައްކަން ޖެހެނީ ޅ. ދިއްފުށި އަށެވެ. އެއީ 18.5 މިލިއަން ޑޮލަރެވެ.
ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ހުޅުވާލި ރިޒޯޓްތަކުގެ ތެރެއިން ނުހެދި ހުރި ރިސޯޓުތަކުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިޔުމަށް މިިސަރުކާރުން އަންނަނީ އިންވެސްޓަރުންނަށް ބޭނުންވާ އެހީތެރިކަންވެސް ފޯރުކޮށްދެމުންނެވެ.
މުޅި ރާއްޖޭގައި މަދުވެގެން 20 ރިސޯޓު ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރު ފެށުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.