twitterviber whatsapp telegramfacebookyoutube instagram
1st November 2025

ގިނަ އަދަދެއްގެ މުދަލާއެކު އުޅިއަށި ބޯޓު އަޑިއަށް

ނަބީލާ އިސްމާޢީލް
Jun 3, 2024

މާލެއިން ފުރައިގެން ށ އަތޮޅަށް ދަތުރުކުރަމުންދިޔަ އުޅިއަށި ބޯޓު ގިނަ އަދަދެއްގެ މުދަލާއެކު އަޑިއަށްދާ ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

ބޯޓުގެ ބޮޑުބައެއް އަޑިއަށް ގޮސްފައިވާއިރު ބޯޓު ދިޔަވާން ފެށީ އެ ބޯޓު ށ. ބިލެއްފަހި ބަނދަރަށް ވައްދަން އުޅުމުގެ ތެރޭގައި ނެރުގެ ފައިކަށީގައި ޖެހިގެންނެވެ. އެހެންނަމަވެސް ދޯނި ބަނދަރާއި ގާތް ކުރެވޭވަރުވެފައިވާއިރު މިހާރު ދޯނީގެ ބޮޑުބައެއް ވަނީ އަޑިއަށް ގޮސްފައެވެ.

ބިލެއްފަހި ކައުންސިލުން ބުނެފައިވާގޮތުގައި ށ.ކަނޑތީމް އުޅިއަށި ބޯޓު ރަށުގެ ނެރުތެރެއިން ވަދެގެން އަންނަނިކޮށް ނެރުގެ އެއްފަރާތަށް ބީހި ބޯޓަށް ލިބުނު ގެއްލުމުގެ ސަބަބުން ބޯޓަށް ދިޔަވަމުން އަންނައިރު ރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުންގެ އެހީތެރިކާމައެކު މިހާރު ބޯޓުން މުދާ ހުސްކުމުރުމުގެ މަސައްކަތް ދަނީ ކުރެވެމުންކަމަށެވެ.

އުޅިއަށި ބޯޓަކީ މާލެއާއި ށ. އަތޮޅާއި ދެމެދު މުދާ އުފުލާ ބޯޓެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355