twitterviber whatsapp telegramfacebookyoutube instagram
27th July 2024

އުރީދޫ ފުޓުބޯޅަ ފޯރިއާއެކު ޔޫރޯގެ މަޖާ މެކުހަށް

ނަބީލާ އިސްމާޢީލް
Jun 10, 2024

ޔޫރޯ 2024 އާ ދިމާކޮށް އުރީދޫއިން ރާވާފައިވާ ހާއްސަ ހަރަކާތްތައް ރޭ އިއުލާންކޮށްފިއެވެ.

ޔޫރޯއަށް ހާއްސަކޮށް އުރީދޫގެ ހާއްސަ ޕްރޮމޯޝަންތަކާއި މުބާރާތްތައް ބާއްވާނެއެވެ. އެހެންކަމުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ސަޕޯޓަރުންނަށް މި ފުޓްބޯޅަ އީދަކީވެސް އުފާވެރި މަޖާ ސީޒަނަކަށް ވާނެކަމުގެ ޔަގީންކަން އުރީދޫން ދެއެވެ.

އުރީދޫން ޔޫރޯއާ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ހަރަކާތްތަކަށް ލޯންޗްކޮށްފައި ވަނީ ރޭ އުރީދޫ ހެޑް އޮފީސް ކައިރީގައި ބޭއްވި އިވެންޓެއްގައެވެ. މި އިވެންޓްގެ ބޮޑުބެރުގެ ފޯރިގަދަ ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.

1. ސޮނީ ލިވް ޕެކްސް

ޔޫރޯ 2024 އަށް ހާއްސަ ސޮނީ ލިވް ޕެކްތަކެއް އުރީދޫން ވަނީ ތައާރަފުކޮށްފައެވެ. އެގޮތުން އެއް ޕެކްގައި ސޮނީ ލިވްގެ މެމްބަޝިޕާއި 30 ދުވަހުގެ ވެލިޑިޓީއާއެކު 250 ރުފިޔާއަށް 100 ޖީބީ ހިލޭ ޑޭޓާ ހިމެނެއެވެ. މި ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑޭޓާ ލިމިޓާ މެދު ކަންބޮޑުވުމެއް ނެތި ޔޫރޯގެ ހުރިހާ މެޗެއް ލައިވްކޮ ށްސްޓްރީމް ކޮށްލެވޭނެއެވެ. މި ޕެކާއި އެކު ކޮންމެ ތަނެއްގައި ހުރެގެންވެސް މެޗް ބަލާލެވޭނެކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ކަސްޓަމަރުންނަށް ހާއްސަ ސޮނީ ލިވްގެ އެކި އެޑް-އޮންތަކަށް ސަބްސްކްރައިބްކޮށް، މެދުނުކެނޑި ޔޫރޯގެ ފޯރީގައި ބައިވެރިވެވޭނެއެވެ.

2. އުރީދޫ ސުޕަރއެޕުން ފުޓުބޯޅަ ފޯރި

- ސްޕިން ދަ ވީލް

އުރީދޫގެ ސުޕަރ އެޕް ގައި ޔޫރޯއަށް ހާއްސަކޮށް ސްޕިން ދަ ވީލް އުރީދޫ ހުރިހާކަސްޓަމަރުންނަށް ބައިވެރިވެވޭނެއެވެ. ކޮންމެ ކަސްޓަމަރަކަށް ވެސް ކޮންމެ ދުވަހަކު އެއް ސްޕިން ލިބޭނެއެވެ. އަދި އުރީދޫ އެޕް މެދުވެރޮކޮށް ޕެކް އެކްޓިވޭޓްކޮށްގެން އަދި އިތުރު ޓްރާންސެކްޝަންތައް ކޮށްގެން ސްޕިން ދަ ވީލް އަށް އިތުރު ޓިކެޓް ލިބޭނެއެވެ.

ކަސްޓަމަރުންނަށް ދޭ އިނާމުތަކުގެ ތެރޭގައި މޫލީ ކޫޕަން، ޑޭޓާ ޕެކް، އެމް-ފައިސާކޭޝް-އިން ފަދަ ތަކެތި ހިމެނެއެވެ.

- ​ގެސް ދަ ސްކޯ

އުރީދޫ ސުޕަރ އެޕް މެދުވެރިކޮށް "ގޭސް ދަ ސްކޯ" މުބާރާތެއްވެސް ކުރިއަށްގެންދަން ނިންމާފައި ވެއެވެ. ކޮންމެ މެޗެއްގެވެސް ވަކި ވަގުތެއްގެ ކުރިން މެޗުގެ ސްކޯ ދިމާކުރުމުގެ ފުރުސަތު ހުޅުވާލެވޭއިރު، ބައިވެރިވާ ފަރާތްތަކަށް އެކި އިނާމުތައް ވަނީ ހުށައެޅިފައެވެ. މިގޮތުން ގްރޭންޑް ޕްރައިޒް ލިބޭ ފަރާތަކަށް ޕްލޭސްޓޭޝަން ކިޓެއް ލިބޭނެކަމަށާއި އޭގެ ތެރޭގައި ޕްލޭސްޓޭޝަން 5 ކޮންސޯލް ޑިސްކް ވާޝަން، ޕްލޭސްޓޭޝަންޕޯޓަލް ރިމޯޓް ޕްލޭޔާ، ޕްލޭސްޓޭޝަން ވީއާރް އަދި ޕީއެސް5 ފީފާ 2024 ހިމެނެ އެވެ.

3- އުރީދޫ ޔޫރޯ ފެންޓަސީ ލީގު

ފެންޓަސީ ލީގަކީ ފުޓުބޯޅަ އަށް ޝައުގުވެރިވާ ގިނަ ބަޔަކު ވަރަށް ފޯރިއާއެކު ބައިވެރިވާ ލީގެކެވެ. ބައިވެރިންނަށް އެމީހުންގެ ޑްރީމް ޓީމްތައް އުފައްދައި 25،000 ރުފިޔާގެ ގްރޭންޑް އިނާމަށް ވާދަކުރެވޭނެއެވެ. މި ފެންޓަސީ ލީގުގެ ސަބަބުން ސަޕޯޓަރުންނަށް މި މުބާރާތުގައި އިތުރަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

4. އުރީދޫ ނޭޝަން: ވާރޗުއަލް ޔޫރޯ

"އުރީދޫ ނޭޝަން: ވާޗުއަލް ޔޫރޯ" އަކީ 2 އޮން 2 ފީފާ ޕްލޭސްޓޭޝަންމުބާރާތާކެވެ. 30،000 ރުފިޔާގެ އިނާމު ޕޫލަކާއެކު ބާއްވާ މި މުބާރާތަކީ ވަރުގަދަ އަދިވާދަވެރިކަމާއި އެކު ކުރިއަށްދާނެ މުބާރާތެކެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޔޫރޯ ފެށުމުގެ ކުރިންނެވެ.

އުރީދޫގެ ޔޫރޯ 2024 ގެ ހަރަކާތްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓުބޯޅަ ސަޕޯޓަރުންނަށް ޔޫރޯގެ ފޯރި އިތުރުކޮށް ފުޓުބޯޅައަށް ލޯބިކުރާ ގިނަ ކަސްޓާމަރުންގެ މެދުގައި ހަރަކާތްތަކެއް ރޭވުމުގެ ގޮތުން ގެނެސްދެވޭ ކަންތައްތަކެއްކަން ފާހަގަކޮށްލެވެއެވެ.

ޔޫރޯއާ ގުޅިގެން އުރީދޫއިން ތައާރަފުކުރެވޭ ހަރަކާތްތަކުގެ އިތުރު މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މީސް މީޑިއާ މެދުވެރިކޮށް ކަސްޓާމަރުންނަށް ފޯރުކޮށްދެވޭނެއެވެ.

އުރީދޫގެ މަގްސަދަކީ މި ރީތި ކުޅިވަރުގެ ރޫހު ފާހަގަކުރަމުންދާއިރު، މި ޔޫރޯ ސީޒަނަކީ ހަގީގަތުގައިވެސް ފާހަގަކޮށްލެވޭ ސީޒަނަކަށް ހެދުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355