twitterviber whatsapp telegramfacebookyoutube instagram
27th July 2024

އިންޑިއާ ރައީސް ދެއްވި ޖާފަތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންފި

Jun 10, 2024

އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމޫ ދެއްވި ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފި އެވެ.

އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި ބޭއްވި މި ޖާފަތުގައި ތިންވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވި ނަރެންދްރަ މޯދީ އާއި ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ބޭރު ގައުމުތަކުން ވަޑައިގެންނެވި އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މޯދީގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިޔާއާ އަވަށްޓެރި ގައުމުތައް ކަމަށްވާ ރާއްޖެ، ސްރީ ލަންކާ، ބަންގްލަދޭޝްގެ އިތުރުން ބޫޓާން އަދި ނޭޕާލްގެ އިސްވެރިން އިންޑިއާ އަށް ވަޑައިގެންނެވި އެވެ.

މިއީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް މުއިއްޒު އިންޑިއާ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ރައީސް އިއްޔެ އިންޑިއާ އަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ވަނީ ދަންނަވާފަ އެވެ.

މި ސަރުކާރު އައި ފަހުން ރާއްޖެ އާއި އިންޑިއާގެ ގުޅުން ކޮންމެވެސް ވަރަކަށް ވަނީ ހީނަރުވެގެން ގޮސްފަ އެވެ. އެއީ އިންޑިއާ އާއި މޯދީ އަށް ނިސްބަތްވާ ގޮތަށް މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ބަދު ބަސް ވިދާޅުވެ، ފުރައްސާރަ ކުރެއްވި މައްސަލައިގަ އެވެ.

ނަމަވެސް ފަހަކަށް އައިސް ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވާން ފަށާފަ އެވެ. އެގޮތުން ކުރީ ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނެގި 50 މިލިއަން ޑޮލަރުގެ ލޯނެއް ދެއްކުން އެއް އަހަރަށް ދާދިފަހުން އިންޑިއާ އިން ވަނީ ފަސްކޮށްދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355