twitterviber whatsapp telegramfacebookyoutube instagram
7th October 2026

ވައިގެ މަގުން ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

އަބްދުލް ވާހިދު ޙަސަން
Jun 12, 2024
4

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މަގުން ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި އަންހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

20 އަހަރުގެ ދިވެހި އެ އަންހެން މީހާ ހައްޔަރުކުރީ ކުޅުދުއްފުށީ ސިޓީ ފުލުހުންނާއި ހަނިމާދޫ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެވެ.

ކޭއޯއަށް ފުލުހުން ވިދާޅުވީ، އެ އަންހެން މީހާއަކީ މާލެ އިން ހަނިމާދޫ އައިސް، ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުން މީހެއް ކަމަށާއި އެ މީހާ ބަލާ ފާސްކުރިއިރު އޭނާ އަތުން މަސްތުވާތަކެތިކަމަށް ބެލެވޭ ޖޫސް ޕެޓީ ސައިޒުގެ ދެ ކޮތަޅު ފެނިފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ އޭގެ ބަރުދަނުގައި 10.1 ގްރާމް ހުރި ކަމަށެވެ. ބެލެވޭ ގޮތުގައި އެއީ "ވައިޓް ޕައުޑާ" އެވެ. އެކަމަކު އެއީ ކޯއްޗެއްކަން ސީދާ ޔަގީން ވަނީ ލެބް ތަހުލީލަށް ފަހު އެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގްކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293