twitterviber whatsapp telegramfacebookyoutube instagram
18th October 2024

ދަމުހިނގުމުގެ ހާއްސަ މާލިތައް މިއަހަރު ފެންނާނެ

ދަމުހިނގުމުގެ އަސްލު ދައްކާލުމުގެ ގޮތުން މުއައްސަސާތަކާ ގުޅިގެން ބައެއް ހާއްސަ މާލިތައް ނެރުމުގެ މަސައްކަތް އަންނަނީ ކުރަމުން.

އަބްދުލް ވާހިދު ޙަސަން
Jun 13, 2024

ދަމުހިނގުމަކީ ގަރުނަކަށްވުރެ ގިނަ އަހަރުވެފައިވާ ކުޅުދުއްފުއްޓަށް ހާއްސަ ކުޅިވަރެކެވެ. ރާއްޖޭގެ އެހެން އެއްވެސް ރަށެއްގައި ނުކުޅޭ މުޅިން ތަފާތު މާލި ކުޅިވަރެކެވެ. އާންމު މައިދާނަކަށް އެއްވެ ކުޅޭ މި ކުޅިވަރަކީ ކުޅުދުއްފުށީވަންތަކަމާ ގުޅިފައިވާ ކުޅިވަރެކެވެ.

ކޮންމެ އަހަރެއްގެ ބޮޑު އީދުގައި ކުޅޭ މި ކުޅިވަރަކީ ހަމައެކަނި ކުޅިވަރެއް ނޫނެވެ. މިއީ ތާރީހާއި ރަށުގެ މަސައްކަތްތެރިކަމާ ގުޅުން ހުރި މުހިންމު ތަރިކަ އެވެ.

ދަމުހިނގުމަކީ ވަރަށް ތަރުތީބުން ކުޅޭ ކުޅިވަރެކެވެ. އެއީ ސަމާސާކުޅިވަރެއްނޫނެވެ. އެއީ ދިވެހިންގެ ބޯދާ އިއުތިގާދާއި ގުޅިފައިވާ ސަގާފީ ކުޅިވަރެކެވެ. ކާބަފައިންކުރި އެހެންކަންކަމެކޭ އެއްގޮތަށް މިކަމުގައިވެސް ވަނީ ހުސް ތަރުތީބެވެ. ސްޓައިލްއެވެ. ފުންމާނަތަކެވެ. މި ކުޅިވަރުގައި އެންމެ ހާއްސަ ބަޔަކީ ބެރުވެރިންނެވެ.

ބެރުވެރިންގެ ހާއްސަ މޮޅު ކޮރަކާއެކު ވަށްބުރެ ގޮތަށް ތިބޭއިރު އެ މީހުންގެ ފަހަތުގައި ތިބެގެން ކަދާ މާލި، ކޯރިގަނޑު މާލީ، މުގުރުގަނޑު ވަކި ހާއްސަ ނެރުމެއް ނަށަމުންދާނެ އެވެ.

ހާއްސަ މާލިތައް ނެރުމަށް އަންނަނީ މަސައްކަތްކުރަމުން

މިދިޔަ އަހަރުތަކުގައިވެސް އެންމެ ގިނަ ބައެއްގެ ކަންބޮޑުވުމަކަށްވީ މިހާއްސަ ކުޅިވަރުގެ އަސްލު އަންނަ އޮތް ޖީލުތަކާ ހަމައަށް ގެނެސްދެވޭނެކަމާމެދު އެވެ. ޝައްކެވެސް ނެތެވެ. ދަމުހިނގުމުގެ ހާއްސަ މާލިތައް އިންތިހާއަށް މަދުވަމުންގޮސް މިދިޔަ ދިހަވަރަކަށް އަހަރުތެރޭގައިވެސް އެއްގޮތަކަށްވެސް ނުފެންނަށް މާލިތައް އެބަހުއްޓެވެ.

އެކަން ބަދަލުކޮށް ރަނގަޅު އިންތިޒާމުތަކެއްގެ ތެރެއިން ހާއްސަ މާލިތައް ނެރުމުގެ މަސައްކަތް ސިޓީ ކައުންސިލާއި މުއައްސަސާތައް އަދި ރައްޔިތުން ގުޅިގެން މިއަހަރު އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ދޫނިގަނޑު މާލި، ބޮޑުމީހަ (އަށްބޭބެ) ހަތްބޯރާހި، ބޮޑުމަސް، ހުއިމާލި ފަދަ މާލިތައް ނެރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.

ދަމުހިނގުމުގެ ހަރަކާތުގައި ބައިވެރިވި މުއައްސަސާތަކަކީ ވެމްކޯ، ކޭޕީއެލް، ކޭއާރުއެޗް އަދި އެސްޓީއޯ އެވެ.

މިއަހަރުގެ ދަމުހިނގުން އޮންނާނީ 20 ވަނަ ދުވަހުގެ ރޭގަނޑު ބަންޑާރަމައިދާނުގަ އެވެ. މި ހާއްސަ ކުޅިވަރުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ ތަފާތު ދައްކާލުމަކީ މުހިންމުކަމެކެވެ. މިހާތަނަށްވެސް މިކަން ފެންނަ މިއޮތީ މިހިސާބަށްވެސް ބައެއްގެ ބުރަ މަސައްކަތުން ގެނެސްދިނީތީ އެވެ. ކައުންސިލާއި ޖަމިއްޔާތަކާއި ރައްޔިތުން އެކުވެ، މި ހާއްސަ ކުޅިވަރު އަންނަ އޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ރައްދުކޮށްދޭން ޖެހެ އެވެ. މިއީ އަޅުގަނޑުމެން އެންމެންގެވެސް ޒިންމާއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355