twitterviber whatsapp telegramfacebookyoutube instagram
18th October 2024

އީދަށް މޯލްޑިވިއަނުން ޓިކެޓް އަގުހެޔޮކޮށްފި

އަބްދުލް ވާހިދު ޙަސަން
Jun 14, 2024
1

ގައުމީ އެއާލައިން، މޯލްޑިވިއަނުން އެތެރޭގެ ހުރިހާ މަންޒިލްތަކަށް ކުރާ ދަތުރުތަކުގެ ޓިކެޓް އަގުހެޔޮކޮށްފި އެވެ. މި ޕްރޮމޯޝަންގެ ތެރެއިން އެތެރޭގެ ދަތުރުތަކުގެ ޓިކެޓްތައް މިމަހުގެ 24 އާއި ހަމައަށް ވިއްކާނީ ހެޔޮ އަގުގައި ކަމަށެވެ.

އެގޮތަށް ނިންމީ އަތޮޅުތެރޭގެ ރަށްތަކުން މާލެއަށް ދަތުރު ކުރާ ފަރާތްތަކަށް ދަތުރު ލުއި ފަސޭހަކޮށްދިނުމުގެ ގޮތުންކަމަށް މޯލްޑިވިއަންއިން މައުލޫމާތުދެ އެވެ.

މިމަހުގެ 13 އިން 16 އަށް މާލެ ދަތުރު ކުރާނަމަ ހެޔޮ އަގުގައި ޓިކެޓު ލިބޭނެ އެވެ. އަދި ޖޫން 17 އިން 24 އަށް އަނބުރާ ރަށަށް ދާނަމަ މި ޕްރޮމޯޝަންގެ ތެރެއިން ޓިކެޓު ލިބޭނެ އެވެ.

ޕްރޮމޯޝަންގެ ދަށުން ޓިކެޓްގެ އަގުތައް:

  • ކޫއްޑޫ - 1111 ރުފިޔާ
  • މާފަރު - 999 ރުފިޔާ
  • މަޑިވަރު - 949 ރުފިޔާ
  • ކައްދޫ - 1055 ރުފިޔާ
  • ހަނިމާދޫ - 1111 ރުފިޔާ
  • ކުޅުދުއްފުށި - 1111 ރުފިޔާ
  • ތިމަރަފުށި - 1111 ރުފިޔާ
  • ފުނަދޫ - 1055 ރުފިޔާ
  • ފުވައްމުލަކު - 1155 ރުފިޔާ
  • މާވަރުލު - 1133 ރުފިޔާ
  • އިފުރު - 999 ރުފިޔާ
  • ހޯރަފުށި - 1133 ރުފިޔާ
  • ގަން - 1222 ރުފިޔާ
  • ކާޑެއްދޫ - 1333 ރުފިޔާ
  • ފަރެސްމާތޮޑާ - 1133 ރުފިޔާ
  • ދަރަވަންދޫ - 749 ރުފިޔާ

މި ފެއާގެ ދަށުން މިހާރު ބުކް ކުރެވޭނެ ކަމަށާއި އިތުރު މައުލޫމާތު މޯލްޑިވިއަންގެ ވެބް ސައިޓުން ލިބޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355