twitterviber whatsapp telegramfacebookyoutube instagram
16th April 2026

ކުޅުދުއްފުށީގައި އިތުރު ތެޔޮ ޝެޑެއް ހުޅުވައިފި

އަބްދުލް ވާހިދު ޙަސަން
Jun 21, 2024
2

ކުޅުދުއްފުށީ އުތުރު ބަނދަރު ސަރަހައްދުގައި ތެޔޮ ޝެޑެއް ހުޅުވައިފި އެވެ. ޑީސެލައިން ނަމުގައި ހުޅުވި މި ޝެޑަކީ އެކޯޒްސް އެންޓަޕްރައިޒްގެ ޝެޑެކެވެ.

މިއަދު ހުޅުވި މި ޝެޑާއެކު ކުޅުދުއްފުށީގައި ތެޔޮ ވިއްކާ ދެ ޝެޑް ހުންނާނެ އެވެ. ޑީސެލައިންގެ މި ޝެޑުން ޕެޓްރޯލް ލީޓަރެއް 17.84 ރުފިޔާއަށް ވިއްކާއިރު ޑީސަލް ލީޓަރެއްގެ އަގު އުޅެނީ ލީޓަރެއް 17.05 ރުފިޔާ އަށެވެ.

މިތަން ހުޅުވިފައިހުންނާނީ ހެނދުނު 06:30 - 23:45 އަކަށެވެ. މި ޝެޑާއެކު ކުޅުދުއްފުށީގައި ތެލުގެ އަގުހެޔޮވާނެކަމަށް ބެލެވެ އެވެ. ބައުޒަރުގެ ހިދުމަތް އަދި ފަށާފައިނުވިނަމަވެސް އެ ހިދުމަތް ވަރަށް އަވަހަށް ފަށާނެކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355