twitterviber whatsapp telegramfacebookyoutube instagram
8th September 2024

ހައްޖުން އައުމަށްފަހު ރައްކާތެރިކަމަށް ސަމާލުކަންދޭން އިލްތިމާސްކޮށްފި

ނަބީލާ އިސްމާޢީލް
Jun 23, 2024

ހައްޖުން އަންނަ ދުވަސްވަރު ރޯގާ ފެތުރިދާނެތީ ރައްކާތެރިވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އިލްތިމާސްކޮށްފިއެވެ.

ހައްޖު ނުވަތަ އުމްރާއިން އަންނަ ދުވަސްވަރަކީ އާންމުކޮށް ގައިންގަޔަށް އަރާ ބަލިތައް އިތުރުވާ ދުވަސްވަރެކެވެ. އޭގެ ތެރޭގައި ވައިރަލް ހުމާއި ރޯގާގެ އިތުރުން ތަފާތު އެހެނިހެން ބަލިތައް ވެސް ހިމެނެއެވެ.

ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ މީހުންގެ ފުރަތަމަ ފްލައިޓު އަންނާނީ މާދަމައެވެ.

އެޗްޕީއޭއިން މިއަދު ވަނީ ބަލިތަކުން ރައްކާތެރިވެ، އަމިއްލައަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ތިބެން އިލްތިމާސްކޮށްފައެވެ. އެގޮތުން، ބަލިން ރައްކާތެރިވުމަށާއި ބަލި ފެތުރުނަ ނުދޭން ކުރެވިދާނެ ބައެއް ކަންކަން އެ އެޖެންސީން ވަނީ ފާހަގަކޮށްފައެވެ.

އެ ގޮތުން، އަރިދަފުުސް ރޯގާ އަދި ވައިރަލް ހުމުން ރައްކާތެރިވުމަށް ކެއްސާ ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރަން ވަނީ އިލްތިމާސްކޮށްފައެވެ. އަދި، ޓިޝޫ ފަދަ ތަކެތި ބޭނުންކޮށް ނިންމުމަށް ފަހު ރައްކާތެރިގޮތުގައި ނައްތާލުމަކީ ވެސް ބަލި ފެތުރުނަ ނުދޭން މުހިންމު ކަމެއް ކަމަށް އެޗުޕީއޭއިން ބުންޏެވެ.

މީގެ އިތުރުން، ރޯގާއާއި ވައިރަލް ހުމުން ސަލާމަތްވުމަށް ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން ވެސް މުހިންމެވެ. އަދި، އުމްރާއަށާއި ހައްޖަށްދާ މީހުން އަޅުކަންތައް އަދާކުރުމުގައި އެތާ އުޅޭއިރު މާސްކު އަޅައިގެން އުޅުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.

ރޯގާ ޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި ހާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބައްޔެއް ތަހައްމަލުކުރަމުންދާ މީހުން ގާތަށް ނުދިއުމަށް އެ އެޖެންސީން އިލްތިމާސްކޮށްފައިވެއެވެ.

އެޗުޕީއޭއިން ބުނީ، ހައްޖުން ނުވަތަ އުމްރާއިން އެނބުރި އަންނަތާ 14 ދުވަސް ތެރޭ ހުންއައުން، ކެއްސުން، ނޭވާލާން އުނދަގޫވުން، އަދި މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރުގެ މަޝްވަރާ ހޯދުން މުހިންމު ކަމަށް ވެސް އެ އެޖެންސީން ބުނެފައިވެއެވެ.

ރާއްޖެއިން ހައްޖަށް ދިޔަ ހައްޖުވެރިން އެނބުރި އަންނަން ފަށާނީ ހޯމަ ދުވަހުއެވެ. ހައްޖުވެރިން އެނބުރި އަންނާނީ ހަތަރު ދުވަހަކަށް ބަހާލައިގެންނެވެ.

މި އަހަރު ރާއްޖެއިން ޖުމްލަ 1،150 މީހުންވަނީ ހައްޖަށް ގޮސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355