twitterviber whatsapp telegramfacebookyoutube instagram
18th October 2024

ކަނޑިތީމުގައި ބާއްވާ އެންމެ ފޯރިގަދަ މުބާރާތް: ކަނޑިތީމު ރިސޯޓް ބޯއީސް ކަޕްގެ ފައިނަލް މިރޭ

ނަބީލާ އިސްމާޢީލް
Jun 24, 2024

ށ. ކަނޑިތީމުގައި ބާއްވަމުންއަންނަ އެންމެ އަގުބޮޑު ފޯރިގަދަ "ރިސޯޓް ބޯއީސް ކަޕް" ފެށިގެން ކުރިއަށް ގެންގޮސްފިއެވެ

މި މުބާރާތަކީ 2018ވަނަ އަހަރުން ފެށިގެން ހިންގާ މުބާރާތަކަށްވާއިރު، މިއަހަރު ބާއްވާފައިވަނީ ރިސޯޓް ބޯއީސް ކަޕްގެ 5 ވަނަ މުބާރާތެވެ. ވާދައާއި ފޯރީގައި ކަނޑިތީމުގައި ކުރިއަށް ގެންދާ މި މުބާރާތަކީ އެރަށުގެ ރިސޯޓް ބޯއީސް އިސްނަގައިގެން ކުރިއަށްގެންދާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ.

މި މުބާރާތުގައި ޗެމްޕިއަން ޓީމަކަށް 20،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހުށަހަޅާފަ އެވެ. އިންތިޒާމުކުރާ ފަރާތުން ބުނީ މި ފަދަ ބޮޑު މުބާރާތެއް އިންތިޒާމުކޮށް މިހާ ފުރިހަމައަށް ގެންދިޔުމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއި އެހީތެރިކަން ލިބޭކަމަށެވެ.

މި މުބާރާތުގައި ޖުމުލަ 6 ޓީމަކުން މިއަހަރުވަނީ ބައިވެރިވެފަ އެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމު ތަކަކީ ކްލަވަރ، ކްލަބު ރީ ޔޫނިއަން، ރެދަން، އިކޯ، ކަނޑިތީމު ޕޮލިސް، ސްޓާޝަން އަދި ސިއްރު ފެންފުއްޓެވެ.

ވާދަވެރިކަމާއެކު ކުރިއަށް ދިޔަ މި މުބާރާތުގައި ސެމީ ފައިނަލްގައި ކުޅެ ފައިނަލަށް ވާދަކޮށްފައިވާނީ ކްލަބު ރީޔޫނިއަން އަދި ކްލަވަރއެވެ. ޖޫން 17ގައި ފެށިގެން ކުރިއަށް ގެންދެވުނު މި މުބާރާތުގެ ފައިނަލް މެޗްގެ ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 20:45 ގައެވެ.

މުބާރާތުގެ ފޯރިގަދަކަމާއި، ވާދަވެރިކަން ފެންނަކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. އެއް ޓީމެއްވުރެ އަނެއް ޓީމުގެ ކުޅުން ރަނގަޅު ކުރުމަށްޓަކައި ރަށުން ބޭރުން މޮޅެތި ހުނަރުވެރި ކުޅުންތެރިން ގެންނަށް ފާހަގަކޮށްލެވެއެވެ. ރަށުގެ ގިނަ ޒުވާނުންގެ ފަރާތުން ފުޓްސަލްގެ މޮޅު ހުނަރުތައް ރިސޯޓް ބޯއިސް ކަޕްގެ ތެރޭން ފެނިގެންދެއެވެ.

މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނީ ރަށުގެ ކުދިބޮޑު އެންމެން މި މުބާރާތް ބަލާލުމަށްޓަކައި ދާކަމީ އެކަމާ ވަރަށް ހިތްހަމަޖެހޭކަމެއްކަމަށެވެ. އަދި އުއްމީދަކީ މިއަހަރަށްވުރެވެސް ކާމިޔާބު، ވާދަވެރި އަދި ފޯރިގަދަ މުބާރާތެއް އަންނަ އަހަރުވެސް ކުރިއަށް ގެންދެވުމެވެ. މިފަދަ ކުޅިވަރުގެ ސަބަބުން ކަނޑިތީމު ރައްޔިތުން، ކުޅިވަަރަށް އޮންނަ ލޯބި ފާހަގަވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355