twitterviber whatsapp telegramfacebookyoutube instagram
22nd August 2026

ޗޮންގްޗިންގް އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް

ނަބީލާ އިސްމާޢީލް
Jun 25, 2024

ޗައިނާގެ ޗޮންގްޗިންގް އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފަށައިފި އެވެ.

ޗައިނާގެ ޗޮންޗިންގ ސިޓީން ސްރީލަންކާގައި ޓްރާންސިޓްކުރުމަށްފަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖެއްސި ފުރަތަމަ ފްލައިޓަށް މަރުހަބާ ކިޔުމަށްވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

82 ފަސިންޖަރުންނާއެކު ޗޮންޗިންގ އެއާލައިންސްގެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްށް ޖައްސާފައިވަނީ އިއްޔެ ހަވީރު 0540 ގައެވެ.

ޗޮންޗިންގ އެއާލައިންސްއިން ރާއްޖެއަށް ހަފުތާއަކު ތިން ދަތުރުކުރާނެއެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް އޭ320 މަރުކާގެ 165 ސީޓުގެ ފްލައިޓެވެ. ޗައިނާގެ ތިން އެއާލައިނަކުން މިހާރުވެސް ރާއްޖެއަށް ދަތުރުތައް ކުރެއެވެ. އެއީ ބެއިޖިން ކެޕިޓަލް، ސިޗުއާން އެއާލައިންސް އަދި ޗައިނާ އީސްޓަރންއެވެ.

ޗައިނާގެ އިތުރު އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާފައިވާއިރު އެ ގައުމަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެއްވަނައިގައި މިވަގުތު އޮތް ޗައިނާއިން މި އަހަރުގެ މިހާތަނަށް 113،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަން ފުޅާކޮށް މިވަގުތު ރާއްޖޭގައި ފަތުރުވެެރިކަން ނެތް ރަށްރަށުގައި ވެސް ފަތުރުވެރިން ގެނައުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ޓޫރިޒަމް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355