twitterviber whatsapp telegramfacebookyoutube instagram
10th April 2025

ބޭކާރު ކޮމިޝަންތައް އުވާލަނީ

Jul 8, 2024

މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ އަދަދު މަދުކޮށް, މުއައްސަސާތައް މަދު ކުރައްވާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރޭ ޕީއެންސީ ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުން ލިބިދޭ ބާރުގެ ދަށުން ގިނަ މުއައްސަސާތަކެއް އުފައްދާފައިވާ އިރު، ކޮމިޝަންތަކަށް އާދަޔާ ހިލާފަށް ގިނަ އަދަދަކަށް މެމްބަރުން ހަމަޖައްސާފައިވާ ކަމަށެވެ.

ބައެއް ކޮމިޝަންތަކުގައި ފަސް މެމްބަރުން ނުވަތަ ހަތް މެމްބަރުން ތިބޭ ކަމަށާއި އެ އަދަދަށް ކޮމިޝަންތަކުގައި މެމްބަރުން ތިބެން ނުޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިހާ ގިނަ އަދަދަކަށް ކޮމިޝަންތަކުގެ މެމްބަރުން ތިބެން ނުޖެހޭ، އިހްލާސްތެރިކަމާއި ތެދުވެރިކަމާ އެކީގައި ރައްޔިތުންނަށް ހިދުމަތް ކުރަން އެހާ ބޮޑު ޓީމެއް އޮންނާކަށް ނުޖެހޭ. އެހެންވީމާ މިއިން ކޮންމެ ކޮމިޝަނެއް، ކޮންމެ ގޮނޑިއެއްގައި މެމްބަރުން ތިބެން ޖެހޭ އަދަދު ގާނޫނުގައި ކަނޑައަޅައި، މަދުކުރާނަން،" ރައީސް ވިދާޅުވި އެވެ.

އެއް މަސައްކަތެއް ކުރާ ގިނަ ކޮމިޝަން ރާއްޖޭގައި އުފައްދާފައިވާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެ ކޮމިޝަންތައް އެއްކޮށް ބައެއް ކޮމިޝަންތައް އުވާލުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަ ކުރުމަކީ މިހާރު ކުރަންޖެހޭ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355