twitterviber whatsapp telegramfacebookyoutube instagram
18th October 2024

ހޭލުންތެރިކުރުމުގެ މުހިންމު މެސެޖްތަކާއެކު ހދ އަތޮޅު ކޮމާންޑަރު ކަޕް ފަށައިފި

އަބްދުލް ވާހިދު ޙަސަން
Jul 8, 2024

ހޭލުންތެރިކުރުމުގެ މުހިންމު މެސެޖްތަކާއެކު ހދ އަތޮޅު ކޮމާންޑަރ ކަޕް 2024 ފަށައިފި އެވެ. އާދިއްތަދުވަހު ހަވީރު ސްޓޭޑިއަމްގައި ފެށި މި މުބާރާތް ފައްޓަވައިދެއްވީ ޕަބުލިކް ޕްރޮސެކިއުޓާ އަލްއުސްތާޒް އަހުމަދު ސިރާޖެވެ. މިރަސްމިއްޔާތުގައި ހދ އަތޮޅު ޕޮލިސް ކޮމާންޑަރ ސްޕްރިންޑެންޓް އޮފް ޕޮލިސް ރަހުމާ ސައީދު ވާހަކަދެއްކެވި އެވެ.

މި މުބާރާތުގެ ސުލޯގަން އަކީ "ހީލަތްތެރިންގެ އުކުޅުތަކަށް ސަމާލުވެލަައްވާ!" އެވެ. މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކުންވެސް ހީލަތްތެރިން ބޭނުންކުރާ އުކުޅުތަކާއި ބެހޭގޮތުން މެސެޖެއް ރަށްރަށު ކޮމިއުނީތަކުގައިވެސް ދައުރު ކޮއްދޭނެއެވެ.

މި މުބާރާތުގައި ހދ. އަތޮޅުގެ 9 ފުލުހުންގެ މަރުކަޒު ތަމްސީލުކުރާ 8 ޓީމު ވާދަކުރެ އެވެ.

މި މުބާރާތަކީ ހދ އަތޮޅުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް ފުޓްސެލް ކުޅުމަށް ޝައުގުވެރިވާ މުވައްޒަފުންނަށް ފުޓްސެލް ކުޅުމުގެ ފުރުސަތު ހޯދައި ދިނުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ. އަދި މީގެ އިތުރުން މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫޙް ދިރުވާ އާލާ ކުރުމާއި ފުޓްސެލް ކުޅުމަށް ހުނަރުވެރި މުވައްޒަފުން އުފެއްދުންވެސް ހިމެނެ އެވެ.

ހދ އަތޮޅު ގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި ޓީމް ވޯކް ރަނގަޅުކޮށް މުވައްޒަފުން އެއްތަނަކުން ބައްދަލުވެ އެކުވެރި އުފާވެރި މާހައުލެއް ގާއިމުކޮށްދިނުމާއި މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުންވެސް މަގްސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

މި މުބާރާތް ކުރިއަށްދާއިރު ރާއްޖޭގައި އާންމުވަމުންދާ މަކަރާއި ހީލަތުގެ އަމަލުތަކާ ބެހޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މުހިންމު މެސެޖްތަކެއް އަންނަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން މިހާރު ރައްޔިތުން އެންމެ ކަންބޮޑުވާ އެއް މައްސަލަކަމުގައިވާ ސްކޭމްގެ މައްސަލަތައް ނުވަތަ މަކަރާއި ހީލަތުގެ މައްސަލަތަކަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމަށްޓަކާ ގުޅޭ ތަފާތު މެސެޖްތައް އެކުލެވޭ ޕޯސްޓްތައް އަންނަނީ ހިމަނަމުންނެވެ.

މި މެސެޖްތަކުގެ ތެރޭގައި އޯޓީޕީކޯޑް އެއްވެސް ފަރާތަކާއި ހިއްސާ ނުކުރުމާއި، އޮންލައިންކޮށް ތަކެތިގަތުމުގައި ސަމާލުވުމާއި، އޮޅުވާލައިގެން ފައިސާ އަތުލުން އިތުރުވެފައިވާކަމާއި، ބޭންކު ކާޑުގެ މައުލޫމާތު އިތުރު ފަރާތަކާއި ހިއްސާ ނުކުރުން ހިމެނެ އެވެ. މީގެ އިތުރުން އިނާމެއް ލިބިފައިވާކަމަށް ބުނެ ކުރާ ސްކޭމްތަކަށް ސަމާލުވުމާއި، ނުދަންނަ މީހުންގެ ފޯނަށް ރިލޯޑް އަދި ރާސްޓަސް ނުފޮނުވުމާއި، ގޮތް ނޭނގޭ ލިންކުތަކަށް ނުފިއްތުމާއި، އެއްވެސް ފަރާތްތަކާ ޒާތީ މައުލޫމާތު ހިއްސާ ނުކުރުމަށް އިރުޝާދު ދޭ މުހިންމު މެސެޖްތަކެވެ.

އެ މެސެޖްތައް ސޯޝަލް މީޑިއާގައި ދައުރު ކުރެވޭ ގޮތަށް އިންތިޒާމްތައް ހަމަޖެހި، ރައްޔިތުން ސްކޭމްގެ އުކުޅުތަކަށް ހޭލުންތެރިކުރުންވެސް މި މުބާރާތުގެ ތެރެއިން ހާސިލް ވެގެންދާނެ އެވެ.

މި މުބާރާތަކީ ހަމައެކަނި ކުޅިވަރުގެ ހުނަރު ދައްކާލުމަށް ބޭއްވޭ މުބާރާތެއް ނޫންކަން ފާހަގަކޮށްލެވެއެވެ. މި މުބާރާތުގެ ސަބަބުން މުޖުތަމަޢުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން އިތުރުވެ، މަކަރާއި ހީލަތުގެ އަމަލުތަކާ ދެކޮޅަށް އާންމުންގެ ހޭލުންތެރިކަން ވަރަށް ބޮޑަށް އިތުރުވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355