twitterviber whatsapp telegramfacebookyoutube instagram
27th June 2026

ޓާމް ބަންދުތަކުގައި މުދައްރިސުން ސްކޫލަށް ނެރުން މަނާކޮށްފި

ނަބީލާ އިސްމާޢީލް
Jul 23, 2024

މި ހިނގާ 2024ވަނަ އަހަރުގެ ޓާމް ބަންދުތަކުގައި މުދައްރިސުން ސްކޫލަށް ނެރެގެން މަސައްކަތް ކުރުވުން އެޑިއުކޭޝަން މިނިސްޓްރީން މަނާކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ، ޝިފާޒް މުހައްމަދު ސޮއިކުރައްވައި، ސްކޫލްތަކަށް ފޮނުވާފައިވާ ސާކިއުލާގައި ބުނެފައިވަނީ ހިނގަމުން މިދާ 2024 ވަނަ އަހަރުގެ ދިރާސީ ފުރަތަމަ ޓާމް އާއި ދެވަނަ ޓާމް ބަންދު އަދި މިޑް ޓާމް ބަންދުގައި މުދައްރިސުން ސްކޫލަށް ނެރުމަކީ މަނާކަމެއް ކަމަށެވެ.

ޓާމް ޗުއްޓީގައި މުދައްރިސުން ސްކޫލަށް ނެރުން މަނާކޮށްފައިވާއިރު، މީގެ ކުރިން ޓާމް ޗުއްޓީތަކުގައި މުދައްރިސުން އެކި ކަހަލަ މަސައްކަތްތަކަށް ސްކޫލަށް ހާޒިރުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355