twitterviber whatsapp telegramfacebookyoutube instagram
18th October 2024

ވިލާ ކޮލެޖުގެ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު އިންޓޭކްގައި ފަށާ ކޯސްތަކުގައި ފުރުސަތު ހުޅުވާލައިފި

Jul 24, 2024

150އަށް ވުރެ ގިނަ ޕްރޮގްރާމައާއި އެކު ވިލާކޮލެޖުގެ ސެޕްޓެމްބަރ އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މީގެތެރޭގައި ހިމެނެނީ މާސްޓަރސް ފެންވަރުގެ 21 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އަދި ޕޯސްޓު ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ފެންވަރުގެ 26 ކޯހަކާއި، ޑިގްރީ ފެންވަރުގެ 45 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 50 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 17 ކޯހަކާއި އަދި ސެޓްފިކެޓް 3 ފެންވަރުގެ 17 ކޯހަކާއި ސެޓްފިކެޓް ލެވެލް 2 ގެ 1 ކޯހެވެ.

މިކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކާއި، ޔުނިވަރސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑް، މެލޭޝިއާގެ ޔުނިވާސިޓީ އޮފް ސައިބަރޖާޔާ އަދި ޓޭލަރސް ޔުނިވާސިޓީގެ ޕްރޮގްރާމްތައް ހިމެނެއެވެ.

މިއިންޓޭކުގައި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ޓީޗިންގް (ޕްރައިމަރީ،އިސްލާމް، ގުރްޢާން، ދިވެހި، އިނގިރޭސި، ސެކަންޑްރީ ބިޒްނަސް ސަބްޖެކްޓްސް، ސެކަންޑަރީ ސައިންސް ސަބްޖެކްޓްސް) އެޑިއުކޭޝަން، ޝަރީޢާ، ލޯ، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، ބިޒްނަސް މެނޭޖްމަންޓް، އޭވިއޭޝަން މެނޭޖްމެންޓް، އިންޓަނޭޝަނަލް ބިޒްނަސް، އިކޮނޮމިކްސް، މާރކެޓިންގ،އެކައުންޓިންގ އެންޑް ފައިނޭންސް، ބޭންކިންގ އެންޑް ފައިނޭންސް، ހިއުމަން ރިސޯސް، ރިސާރޗް، ނަރސިންގ، ސައިކޮލޮޖީ، ޕަބްލިކް ހެލްތް އަދި އިންޓީރިއަ އާކިޓެކްޗާ އެންޑް ޑިޒައިން، ހެލްތް ސާރވިސަސް މެނޭޖްނަންޓް، ޕްރޮޖެކް މެނޭޖްމަންޓް، މާސް ކޮމިއުނިކޭޝަން ، ސައިކޮލޮޖީ، ކައުންސެލިން އަދި ކަލިނަރީ އާރޓްސްގެ ދާއިރާއިން ސެޓްފިކެޓް ލެވެލް އިން މާސްޓަރސް ލެވެލްއަށް ޕްރޮގްރާމްތައް ހިމެނިފައިވާނެއެވެ.

ސެޕްޓެމްބަމަހު ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ވިލާކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކުގެ ތެރެއިން ޓީޗިންގ، ނާރސިންގ، އިންޖިނީރިންގ އަދި ފާރމަސީ ދާއިރާގެ ކޯސްތައް ފިޔަވާ ހުރިހާ ކޯހެއްވެސް އޮންލައިންކޮށް ހެދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.

ވިލާ ކޮލެޖުގެ އެންމެ ބޮޑު ފޯކަސްއަކީ ވިލާކޮޖުން ހިންގާ ޕްރޮގްރާމަތަކަކީ ފެންވަރުގެ ގޮތުން ދުނިޔޭގެ ރަގަޅު ޔުނިވަރސިޓީތަކުގައިވެސް ހިންގާ ފެންވަރުގެ ޕްރޮގްރާމްތަކެއްކަން ކަށަވަރުކުރުމާއި އެ ފެންވަރު ދެމެހެއްޓުމެވެ. މިގޮތުން، ތަޢުލީމާއި ސީދާ ގުޅުންހުރި ވަސީލަތްތައް ޤާއިމުކުރުމާއި، ދަރިވަރުންގެ ދުޅަހެޔޮކަމާއި ގުޅޭ ވަސީލަތްތައް ޤާއިމުކުރުމާއި، ކިޔަވައިދެއްވާ ބޭފުޅުންނާއި ކިޔަވައިދެވޭ ކޮންޓެންޓްގެ ފެންވަރު ހިފެހެއްޓުމަކީ ވިލާ ކޮލެޖުން އެންމެ ސަމާލުކަން ދެއްވާ ކަންތައްތަކެވެ. ވިލާ ކޮލެޖުން ނުކުމެގެން ދާ ދަރިވަރުންނަކީ ލިބޭ އެކަޑެމިކް ނޮލެޖުގެ އިތުރުން، ވަޒީފާގެ ބާޒާރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ބަޔަކަށް ހެދުމަށްޓަކައި އިންޑްސްޓްރީއާއި ގުޅިގެންވެސް ދެމެހެޢްޓެނިވި ގޮތެއްގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

ވިލާ ކޮލެޖުވަނީ އެންމެ ފުޅާދާއިރާއެއްގައި ދުނިޔޭގެ ޔުނިވާސީޓިތަކުގެ ފެންވަރު ވަޒަން ކުރާ އެއް ސިސްޓަމް ކަމަށްވާ ކިއު.އެސް ރޭޓިނގްގައި އެކްސެލެންސަށް ރޭޓް ކުރެވި ތިން ދާއިރާއަކުން 5 ތަރީގެ ދަރަޖައިގައި ރޭޓް ކުރެވިފައެވެ. އޭގެ ތެރޭގައި އެމްޕްލޯޔަބިލިޓީ، އޮންލައި ލާރރނިން އަދި އެންވަޔަރަމަންޓަލް އިމްޕެކްޓް އެވެ. ވިލާ ކޮލެޖަކީ ކިއު.އެސް ރޭޓިންގގައި ރޭޓް ކުރެވިފައިވާ ރާއްޖޭގެ ހަމައެކަނި އިންސްޓިޓިއުޓެވެ.

ވިލާ ކޮލެޖުގެ ސެޕްޓެމްބަރ އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމަށް ބޭނުންވާ ދަރިވަރުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް އެޕްލައިކޮށް އަދި އެޕްލިކޭޝަންގެ ސްޓޭޓަސް މިހާރު ޗެކް ކުރެވޭނެ އެވެ. މީގެ އިތުރުން އެޕްލައި ކުރާ ދަރިވަރުންނަށް ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި އެޕްލިކޭޝަން ފޯމްގެ ޖަވާބެއްލިބޭނޭ ކަމުގެ ޔަގީން ކަން ދެއެވެ.

ކޯސްތަކުގެ މައުލޫމާތު ވިލާކޮލެޖުގެ ވެބްސައިޓް www.villacollege.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މައުލޫމާތު ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގެ ނަންބަރު 7980611 އަށް ގުޅުއްވައިގެން ނުވަތަ ވައިބާރ ކޮށްލައްވައިގެން ހޯދާލެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355