twitterviber whatsapp telegramfacebookyoutube instagram
8th September 2024

އައިޖީއެމްއެޗާ ގުޅިގެން ކޭއާރުއެޗްގައި ސާޖަރީ ކޭމްޕެއް ބާއްވަނީ

ނަބީލާ އިސްމާޢީލް
Jul 24, 2024

އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގުޅިގެން ސާޖަރީ ކޭމްޕެއް ބާއްވަން ނިންމައިފި އެވެ.

ކޭއާރުއެޗުން ބުނީ ސާޖަރީ ކޭމްޕް ބާއްވަން ނިންމާފައިވަނީ އަންނަ އޯގަަސްޓް މަހުގެ 7 ން 10 އަށް ކަމަށާއި މި ކޭމްޕުގައި އޮޕަރޭޝަންތައް ކުރައްވާނީ އައިޖީއެމްއެޗްގެ ތަޖުރިބާކާރު ދެ ޑޮކްޓަރުން ކަމަށެވެ.

އައިޖީއެމްއެޗްގެ އެކްޓިންގ މެޑިކަލް ޑިރެކްޓަރ، ޑިޕާޓްމަންޓް އޮފް ސާޖަރީގެ ހެޑް އަދި ޕްލާސްޓިކް ސާޖަރީގެ ފުރަތަމަ ސަބް ސްޕެޝަލިސްޓް ކަމުގައިވާ ޑރ. މުހައްމަދު ވަހީދާއި، ލެޕަރޮސްކޯޕިކް ސާޖަރީތަކުގެ ތަޖުރިބާކާރު ޑޮކްޓަރު އަދި އައިޖީއެމްއެޗްގެ ޖެނެރަލް ސާޖަރީ ޔުނިޓްގެ ހެޑް ޑރ. އަބްދުﷲ އުބައިދު ބައިވެރިވާ މި ކޭމްޕުގައި ލެޕަރޮސްކޯޕިކް ސާޖަރީ އަދި ޕްލާސްޓިކް ސާޖަރީގެ އޮޕަރޭޝަންތައް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ލެޕަރޮސްކޯޕިކް ސާޖަރީއަކީ ބަނޑުފަޅާލުމަކާ ނުލައި ކުޑަ ލޯވަޅުތަކެއް އަޅައިގެން ކުރެވޭ އޮޕަރޭޝަނެކެވެ.

މި ކޭމްޕުގައި އޮޕަރޭޝަން ހެދުމަށް ބޭނުންވާ ފަރާތްތަކުން ކޭއާރުއެޗްގެ އޮޕަރޭޝަން ޑޮކްޓަރުންނަށް ދައްކައި ޖާގަ ކަށަވަރުކުރެއްވުމަށް ވަނީ އެ ހޮސްޕިޓަލުން އެދިފައެވެ.

ކޭއާރުއެޗުގައި މީގެ ކުރިންވެސް އައިޖީއެމްއެޗް ހޮސްޕިޓަލާ ގުޅިގެން ވަނީ ލެޕަރޮސްކޯޕިކް އޮޕްރޭޝަންތައް ކުރިއަށްގެންގޮސްފަ އެވެ. އެގޮތުން ކަކުލުގެ އޮޕަރޭޝަންތަކާއި އެހެނިހެން އޮޕަރޭޝަންތައްވެސް ކުރިއަށް ގެންދިޔަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355