twitterviber whatsapp telegramfacebookyoutube instagram
19th September 2024

ސިއްހީ ނިޒާމް ހަރުދަނާކުރުމަށް ކުވެއިތު ފަންޑުން 9.8 މިލިޔަން ޑޮލަރުގެ ލޯނެއް

ނަބީލާ އިސްމާޢީލް
Jul 30, 2024

ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ކުވޭތު ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުން 3 މިލިޔަން ދީނާރު ނުވަތަ 9.8 މިލިޔަން ޑޮލަރުގެ ލޯނެއް ދިނުމަށް ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަގުސަދުގައި އުފައްދާފައިވާ "ސްމޯލް އައިލޭންޑްސް ހޮސްޕިޓަލް ޕްރޮޖެކްޓް"ގެ ލޯނު އެއްބަސްވުމުގައި ކުވައިތު ފަންޑު ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެކްޓިން ޑިރެކްޓަ ޖެނެރަލް ވަލީދު އަލް ބަހަރް އަދި ރާއްޖޭގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ސޮއިކުރައްވާފައިވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވެސް ބައިވެރިވެވަޑައިގަތެވެ.

މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނުގެ ކުދި ރަށްރަށަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމާއި އެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަކީ ބޭނުމެއް ކަމަށެވެ.

ހިދުމަތްތައް ފޯރުކޮށްދޭ ރަށްރަށުގެ މެދުގައި ސިއްހީ ހިދުމަތް ހޯދަން ދަތުރުކުރުމުގެ ހަރަދު ކުޑަވެ، ރަށްރަށުގެ އާބާދީ އާއި ޓޫރިސްޓުންނަށް ލާމަރުކަޒީ އުސޫލުން ސިއްހީ ހިދުމަތް ފޯރުކޮށްދީ، ދެ ވަނަ ފަންތީގެ ސިއްހީ ފަރުވާ އެންމެ އެކަށީގެންވާ ވަގުތުގައި އެ ލޯނުގެ ދަށުން ކުރަން ޖެހޭ ކަންކަން ފުރިހަމަ ވުމުން ލިބޭނެ ކަމަށް ވެސް ބުންޏެވެ.

އެ ހޮސްޕިޓަލްތައް ތަރައްގީ ކުރުމުގެ ތެރޭގައި ހިމެނެނީ އެ ތަންތަން އިމާރާތްކުރުމާއި ހިދުމަތްތަކުގެ އިލެކްޓްރޯ-ޓެކްނިކަލް މަސައްކަތްތަކާއި ސިއްހީ އާލަތްތަކާއި ފަރުނީޗަރު ފޯރުކޮށްދިނުމާއި ކުރެހުންތަކާއި ބީލަން ލިޔެކިޔުންތައް ތައްޔާރު ކުރުމާއި އިމާރާތް ކުރުމުގެ މަސައްކަތް ބަލަހައްޓަން ބޭނުންވާ އިންޖީނިއަރިން ހިދުމަތްތައް އަދި މަޝްރޫއު ތަންފީޒުކުރާ ޔުނިޓުތައް ހެދުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355