twitterviber whatsapp telegramfacebookyoutube instagram
7th April 2026

ފޯކައިދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް މައީޝާ

އަބްދުލް ވާހިދު ޙަސަން
Jul 30, 2024

ށ ފޯކައިދޫ ސްކޫލްގެ 2022-2023 ވަނަ އަހަރުގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު މައީޝާ ފަހުމީ ހޯދައިފި އެވެ.

ފޯކައިދޫ ސްކޫލްގެ އިނާމުދިނުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ށ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ހަސަން ޔޫސުފެވެ.

މިއަހަރުގެ އިނާމުދިނުމުގެ ރަސްމިއްޔާތުގައި އެ ސްކޫލްގެ 47 ދަރިވަރަކު އިނާމު ހާސިލްކުރި އެވެ. 2022-2023 ވަނަ އަހަރުގެ އެ ސްކޫލްގެ ފާސްވި އިންސަތަ އުޅެނީ 76 އިންސަތައިގަ އެވެ.

އިނާމުދިނުމުގެ މި ރަސްމިއްޔާތުގައި ފޯކައިދޫގައި ހުންނަ މުއައްސަސާތަކުގެ ވެރިންނާއި ދަރިވަރުން އަދި ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355