twitterviber whatsapp telegramfacebookyoutube instagram
19th September 2024

ޖަލާލުއްދީން ސްކޫލުގެ މަތީ ސާނަވީން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ޒަމްއާ

އަބްދުލް ވާހިދު ޙަސަން
Aug 2, 2024

ޖަލާލުއްދީން ސްކޫލުގެ 2024 ވަނަ އަހަރުގެ މަތީ ސާނަވީ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ފާތިމަތު ޒަމްއާ އަމްޖަދު ހޯދައިފި އެވެ.

2024 ވަނަ އަހަރުގެ ރަންވަނަތައް ހޯދި ދަރިވަރުންނަށް އިނާމުދިނުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސުލްތާން ރާމިޒެވެ.

މިރަސްމިއްޔާތުގައި މަތީ ސާނަވީ މަރުހަލާއިން ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ފާތިމަތު ޒަމްއާ ހޯދިއިރު ސާނާވީ މަރުހަލާއިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދީ ފާތިމަތު ރައިހާ އެވެ.

ޒަމްއާ ވަނީ ހަޔަރ ޑިސްޓިންގޝަން އެވޯޑާއި މަތީ ސާނަވީ މަރުހަލާގެ ގައުމީ ގަދަ ދިހައެއްގެ ދެވަނަ ހާސިލުކޮށް ޓޮޕް އެޗީވާރސް އެވޯޑްވެސް ހާސިލްކޮށްފަ އެވެ. ޒަމްއާ ހިމެނޭހެން އެ ސްކޫލްގެ 13 ދަރިވަރަކު ވަނީ ގައުމީ ގަދަދިހައެއްގައި ހިމެނިފަ އެވެ.

މަތީ ސާނަވީ ގަދަދިހައެއްގައި ހިމެނުނު ދަރިވަރުން

  • ފާތިމަތު ޒަމްއާ އަމްޖަދު - 2 ވަނަ
  • އަހްނަފް ފަރުހާދު - 3 ވަނަ
  • އީޖާދު މުހައްމަދު - 3 ވަނަ
  • އައިމިނަތު ވަފާ - 6 ވަނަ
  • އިބުރާހިމް އިޔާން - 7 ވަނަ
  • މަލްސާ އާދަމް - 7 ވަނަ
  • ހުސެއިން އަލީމް އަބުދުއްރަހުމާން - 7 ވަނަ
  • ރިހާމް މުހައްމަދު ފައިސަލް - 7 ވަނަ
  • އަހްޒަމް އަހުމަދު - 8 ވަނަ
  • އަހުމަދު އަބުދުﷲ - 9 ވަނަ
  • އައިޝަތު އިބާ އަލީ - 9 ވަނަ
  • އައިމިނަތު އަނާން ހުސެއިން - 10 ވަނަ
  • ސަޖާހް އަބުދުﷲ - 10 ވަނަ

ހަޔަރ އެޗީވަރސް ސްކޮލަޝިޕް ލިބުނު ތިން ދަރިވަރުންގެ ތެރޭގައި ހިމެނެނީ އަހްނަފް ފަރުހާދު، އީޖާދު މުހައްމަދު އަދި ފާތިމަތު ޒަމްއާ އަމްޖަދެވެ.

ސާނަވީ މަރުހަލާއިން ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރު ފާތިމަތު ރައިހާ ވަނީ ގައުމީ ގަދަދިހައެއްގެ ތިންވަނަވެސް ހާސިލްކޮށްފަ އެވެ. މީގެ އިތުރުން އެ ސްކޫލްގެ 5 ދަރިވަރަކު ގައުމީ ގަދަދިހައެއްގަ ހިމެނުނެވެ.

ސާނަވީ އިމްތިހާނު ނިންމާ ގައުމީ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުން

  • ފާތިމަތު ރައިހާ - 3 ވަނަ
  • އައިޝަތު އަޒްހާ އަލީ - 6 ވަނަ
  • އިރުފާހް އަބުދުﷲ - 6 ވަނަ
  • އައިޝަތު ނަދާ އަބުދުﷲ - 7 ވަނަ
  • އައިޝަތު އައިނީ އަބުދުއްސައްތާރު - 8 ވަނަ
  • އައިޝަތު އާޔާ އަލީ - 9 ވަނަ

ހަޔާ ޑިސްޓިންގޝަން އެވޯޑް ހާސިލްކުރި ދަރިވަރުން

  • އައިޝަތު އާޔާ އަލީ
  • އައިޝަތު އަޒްހާ އަލީ
  • އައިޝަތު ނަދާ އަބުދުﷲ
  • ފާތިމަތު ރައިހާ
  • އިރުފާހް އަބުދުﷲ
  • އަހްނަފް ފަރުހާދު
  • އީޖާދު މުހައްމަދު
  • ފާތިމަތު ޒަމްއާ އަމްޖަދު

އިނާމުދިނުމުގެ މި ހާއްސަ ރަސްމިއްޔާތުގައި 74 ދަރިވަރަކު ވަނީ އިނާމު ހާސިލުކޮށްފަ އެވެ. މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދާއި ސިޓީ ކައުންސިލް މެންބަރުންނާއި މުއައްސަސާތަކުގެ ވެރިންގެ އިތުރުން ދަރިވަރުންނާއި ބެލެނިވެރިން ބައިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355