twitterviber whatsapp telegramfacebookyoutube instagram
17th September 2024

ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގައި ސެޓްފިކެޓް 3އިން ގްރެފިކް ޑިޒައިނިންގ ކޯސް ހެދުމުގެ ފުރުސަތު

Aug 4, 2024

ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގައި ސެޓްފިކެޓް 3 އިން ގްރެފިކް ޑިޒައިނިންގ ކޯސް ހެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސެޓްފިކެޓް 3 އިން ގްރެފިކް ޑިޒައިނިިން ޕްރޮގްރާމަކީ އެންމެ ޒަމާނީ ކޮމްޕިއުޓަރ އެޕްލިކޭޝަންތައް ޑިޒައިން ކުރުމަށް ބޭނުންވާ އަސާސީ އިލްމާއި ހުނަރު އުނގަންނައިދޭ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ޓިއުޓޯރިއަލްތަކާއި އެސެސްމަންޓް ކޮމްޕޯނެންޓްތަކުގެ ތެރެއިން ގްރެފިކް ޑިޒައިނިންގެ ތަފާތު އުކުޅުތައް ދަސްކޮށް، ޕްރެކްޓިސް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ޕްރޮގްރާމްގެ ސަބަބުން ދަރިވަރުންނަށް އުފެއްދުންތެރި ސިނާއަތުގައި ކެރިއަރެއް ފެށުމުގެ ފުރުސަތު ލިބިގެންދާއިރު، މި ދާއިރާއިން މަތީ ތައުލީމު ހާސިލްކުރުމުގެ ބިންގާ އެޅިގެންދާނެ ކަމަށް ވިލާ ކޮލެޖުން ބުނި އެވެ.

ވިލާ ކޮލެޖުން ބުނީ މި ކޯހަށް ވަނުމަށް ބޭނުންވާ ވަކި ހާއްސަ ޝަރުތެއް ނެތް ކަމަށާއި ގްރޭޑް 6 ނިމިފައި ވުމާއެކު، އިނގިރޭސިންނާއި ދިވެހިން ލިޔަންކިޔަން އެނގޭ ކޮންމެ ބޭފުޅަކަށްވެސް މި ކޯހުގައި ބައިވެރިވެވޭނެކަމަށެވެ. 15 ހަފްތާގެ މިކޯހުގެ ކުލާސްތައް ކުރިއަށްދާނީ ފޭސް-ޓު-ފޭސްކޮށް ކުޅުދުއްފުށީގައި ހުންނަ ވިލާކޮލެޖުގެ ކެމްޕަހުގައެވެ.

ވިލާ ކޮލެޖުގެ ކޯސްތަކުގައި ބައިވެރިވުމަށް ބޭނުންވާ ދަރިވަރުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް އެޕްލައިކޮށް އަދި އެޕްލިކޭޝަންގެ ސްޓޭޓަސް މިހާރު ޗެކް ކުރެވޭނެ އެވެ. މީގެ އިތުރުން އެޕްލައި ކުރާ ދަރިވަރުންނަށް ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި އެޕްލިކޭޝަން ފޯމްގެ ޖަވާބެއްލިބޭނޭ ކަމުގެ ޔަގީން ކަން އެ ކޮލެޖުން ދޭނެ އެވެ.

ކޯސްތަކުގެ މައުލޫމާތު ވިލާކޮލެޖުގެ ވެބްސައިޓް www.villacollege.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މައުލޫމާތު ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގެ ނަންބަރު 7980611 އަށް ގުޅުއްވައިގެން ނުވަތަ ވައިބާރ ކޮށްލައްވައިގެން ހޯދާލެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355