ރާއްޖޭގައި އިންޑިއާގެ އިންސްޓެންޓު ސިސްޓަމް، ޔުނިފައިޑް ޕޭމަންޓު އިންޓަފޭސް (ޔޫޕީއައި)ގެ ހިދުމަތް ދިނުމަށް ޓަކައި އެ ކަމަށް ހާއްސަ އެމްއޯޔޫއެއްގައި ރޭ ސޮއިކޮށްފިއެވެ.
މި އެމްއޯޔޫ ދެ ގައުމުގެ ސަރުކާރުން ބަދަލުކޮށްފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރޭ ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައެވެ.
With NPCI International Payments of India, we seek to drive digital payment innovation, expand financial inclusion, supporting President Muizzu's vision for a dynamic creative economy that enhances e-commerce and broader trade facilitation.@HCIMaldives @MoEDmv pic.twitter.com/7NLjqhOkK2
— Mohamed Saeed (@em_saeed) August 9, 2024
އެ ރަސްމިއްޔާތުގައި ޔޫޕީއައިގެ ހިދުމަތް ފެށުމަށް އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީއާއި އިންޑިއާގެ ނެޗުރަލް ޕޭމަންޓް ކޯޕަރޭޝަނާ ދެމެދު ވަނީ އެމްއޯޔޫއެއްގައިވަނީ ސޮއިކޮށްފައެވެ.
އެކަމާ ގުޅުވައި ވާހަކަދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ، އިންޑިއާގެ ޔޫޕީއައި ސިސްޓަމުގެ ތެރެއިން ޑިޖިޓަލް ޓްރާންސެކްޝަންތަކަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެވިފައިވާކަމަށެވެ.
އެގޮތުން، ޔޫޕީއައިގެ ތެރެއިން ދުނިޔޭގެ 40 ޕަސެންޓް ރިއަލްޓައިމް ޕޭމަންޓުތައް ހިނގަނީ އިންޑިއާގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްއޯޔޫގައި ސޮއިކުރެވުމަކީ ރާއްޖެއަށް މި ނިޒާމު ތައާރަފްކުރުމުގެ ފުރަތަމަ ހަރުފަތް ކަމަށާއި އުންމީދަކީ މިކަން ކާމިޔާބުވުންކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ. މީގެ ފައިދާ ދިވެހި ފަތުރުވެރިކަމަށާއި، ރާއްޖޭގެ އިގްތިޞާދަށް ކުރާނެކަން ޖައިޝަންކަރު ވަނީ ފާހަގަކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިންޑިއާގައި ޔޫޕިައި ޕޭމަންޓު ތައާރަފްކޮށްފައި ވަނީ 2016 ވަނަ އަހަރެވެ. މި ޚިދުމަތް އިންޑިއާއިން މިއަހަރު ވަނީ ސްރީލަންކާއަށް ވެސް ތައާރަފްކޮށްފައެވެ.