twitterviber whatsapp telegramfacebookyoutube instagram
27th June 2026

މޫސުން ގޯސްވުމުގެ ސަބަބުން ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގެ މިއަދުގެ މެޗް ފަސްކޮށްފި

އަބްދުލް ވާހިދު ޙަސަން
Aug 13, 2024

ކުޅުދުއްފުއްޓަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މިއަދު ކުޅުމަށް ހަމަޖެހިފައިވާ ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގެ މެޗް ފަސްކޮށްފި އެވެ.

އާދިއްތަދުވަހުގެ މެންދަމުން ފެށިގެން ކުޅުދުއްފުއްޓަށް މެދުނުކެނޑި އަންނަނީ ބޯކޮށްވާރޭވެހެމުންނެވެ. އެކަމުގެ ސަބަބަން ބައެއް ގޭބިސީތަކަށް ފެންވަދެ ފެންހިއްކުމުގެ މަސައްކަތްވެސް ކުރި އެވެ.

ސިޓީ ކައުންސިލުން ބުނީ މިއަދު ކުޅެން ހަމަޖެހިފައިވާ މެޗް މާދަމާއަށް ފަސްކުރެވިފައިވާ ކަމަށެވެ. މިއަދު ކުޅެން ހަމަޖެހިފައި އޮތީ ގުރޫޕް އޭގެ، ކުލަބް ޑޮމިނޭޓާސް އާއި ކުލަބް ކޮރަލްސްގެ މެޗެކެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ ރަށްތަކަށް ބޯވާރޭ އަންނަނީ ވެހެމުންނެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ކެލަ އާއި ހަނިމާދޫއަށެވެ. ވޭތުވެދިޔަ 24 ގަޑިއިރު 77.8 މިލިމީޓަރުގެ ވާރޭ ކުޅުދުއްފުއްޓަށް ވެހުނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355