twitterviber whatsapp telegramfacebookyoutube instagram
18th October 2024

ވިއްސާރައާ ގުޅިގެން މާދަމާ ސަރުކާރު ބަންދުކޮށްފި

ނަބީލާ އިސްމާޢީލް
Aug 13, 2024

ރާއްޖެ އަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައާ ގުޅިގެން މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.

"މާދަމާ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މި ހަމަޖެއްސެވީ، ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން، ކިޔަވާ ކުދިންނާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ވެސް ދަތުރުފަތުރުކުރުމާއި ހިނގާބިނގާވާން ދަތިވުމާ ގުޅިގެން ދެއްވާ ލުޔެއްގެ ގޮތުގަ އެވެ،" ރައީސް އޮފީހުގެ ބަޔާނުގައި ވެ އެވެ.

ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ނިންމެބުން ނިންމެވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަމަށެވެ.

ހަމައެއާއެކު ‏މިހާރު ކުރަމުންދާ ވިއްސާރައިގައި ގޯތިގެދޮރަށާއި އާއިލާތަކަށް ލިބޭ ގެއްލުން ކުޑަކޮށްދިނުމަށާއި، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ރޭގަނޑާއި ދުވާލު މަސައްކަތްކުރަމުން ގެންދާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ރައީސް ދެއްވިކަމަށް ހީނާ ވިދާޅުވިއެވެ.

މެޓް އޮފީހުން މިހާރުވަނީ މިއަދު 14:15ގައި މެދު ރާއްޖެތެރެއަށް ނެރުނު އޮރެންޖު އެލާޓް، ރީނދޫ އެލާޓަކަށް ދަށްކޮށްފައެވެ.

ބޯކޮށް ވެހުނު ވާރޭގައި ގިނަ ރަށްތަކެއްގައި ފެންބޮޑުވެ ގެއްލުން ލިބިފައިވާއިރު މާލެއިން އެކަނި ވެސް 230އަށްވުރެ ގިނަ ގެއިން ފެން ބޮޑުވެގެން ރިޕޯޓުކުރިކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355