twitterviber whatsapp telegramfacebookyoutube instagram
17th September 2024

ޓްރެވަލް ކޮންފަރެންސްގެ ވިމެންސް އެޑިޝަންގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ނަބީލާ އިސްމާޢީލް
Aug 18, 2024

މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް، ވިމެންސް އެޑިޝަން 2024 ގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ސޮއިކޮށްފިއެވެ.

ދިރާގުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މަޓާޓޯ) އިން އިންތިޒާމްކޮށްގެން ބާއްވާ މި ހަރަކާތުގެ މަޤްޞަދަކީ މޯލްޑިވިއަން ޓޫރިޒަމް ދާއިރާގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާ މެދު ހޭލުންތެރިކަން އިތުރުކޮށް އެކަންކަން ހައްލުކުރުމަށް ބާއްވާ ކޮންފަރެންސްއެއް ކަމަށެވެ. އަދި މި ސިނާއަތުގެ މުހިއްމު އަންހެން ބޭފުޅުން ހިމެނޭ ދެ ޕެނަލެއް ފެނިގެންދާނެ ކަމަށްވެސް ދިރާގުން ނެރުނު ބަޔާނުގައި ބުންޏެވެ.

“މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް – ވިމެންސް އެޑިޝަން 2024 ގެ ޑިޖިޓަލް ޕާޓްނަރަކަށްވެ، މި މުހިންމު ކޮންފަރެންސް އިންޑަސްޓްރީއަށް ގެނައުމުގައި މަޓާޓޯއަށް ސަޕޯޓް ދިނުމަކީ ދިރާގުން ފަހުރުވެރިވާ ކަމެއްގައި އެ ބަޔާނުގައި ބުނެފައިވެއެވެ.

މޯލްޑިވިއަން ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން މި ދާއިރާއާއި އޭގެ އޮޕަރޭޝަންތައް އިތުރަށް ތަރައްގީ ކުރުމުގެ މަގުސަދުގައި ހިންގާ މިފަދަ އިވެންޓްތަކަށް ސަޕޯޓް ދިނުމަކީ ދިރާގަށް ލިބޭ އުފަލެއްކަމަށް ދިރާގުގެ މެނޭޖަރު ބްރޭންޑް އެންޑް އިވެންޓްސް ނައިޔާ ޝަރީފް ވިދާޅުވިއެވެ.

ދިރާގުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ކޮންފަރެންސްގެ ކާމިޔާބީ ކަށަވަރުކޮށް ދިނުމުގައި ދިރާގަށް ދެއްވި ދީލަތި އެއްބާރުލުމާއި ޙިއްޞާއަށް ޝުކުރު އަދާކުރާ ކަމަށެވެ.

މަޓާޓޯގެ ސީއީއޯ އާމިނަތު ސުޒާން ވިދާޅުވީ މި އިވެންޓަކީ ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވުމަށް މަޓާޓޯއިން ކުރިއަށް ގެންދާ މަސައްކަތުގެ އަލިގަދަ ހެއްކެއް ކަމަށާއި، މިކަން ގެނައުމަށް ދިރާގުއާ ޕާޓްނަރޝިޕް ހަދައިގެން ކުރިއަށްދާތީ ފަހުރުވެރިވާ ކަމަށެވެ. މި އަހަރީ ކޮންފަރެންސްގެ އެޑިޝަން ކަމަށެވެ.

މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް – ވިމެންސް އެޑިޝަން 2024 ބޭއްވުމަށް ހަމަޖެހިފައިވަނީ 19 އޮގަސްޓް 2024 ގައި ޖެން މޯލްޑިވްސް މާލެ’ ބައި ޝަންގްރިއްލާގައެވެ.

އަންހެނުން ބާރުވެރިކުރުވައި، ރާއްޖޭގައި މުހިންމު ދާއިރާތައް ތަރައްގީކޮށް، ރާއްޖޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން މުއްސަނދިކޮށްދޭ އިވެންޓްތަކާއި އިސްނެގުމުގައި ދިރާގުން އަބަދުވެސް ބައިވެރިވާނެ ކަމަށް ދިރާގުން ބުނެެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355