twitterviber whatsapp telegramfacebookyoutube instagram
30th April 2026

ދިރާގުގެ ސޯޝަލް މީޑިއާ މުބާރާތުގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި

ނަބީލާ އިސްމާޢީލް
Aug 19, 2024

މިނިވަން ދުވަހަށް އަމާޒުކޮށް ދިރާގުން ލޯންޗުކުރި ހާއްސަ ސޯޝަލް މީޑިއާ ކޮންޓެސްޓްގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި އެވެ.

ދިރާގުން ބުނީ މި ކޮންޓެސްޓަކީ މި އަހަރު ފާހަގަކުރި 59ވަނަ މިނިވަން ދުވަހުގެ މުނާސަބަަތާ ގުޅިގެން އުފާވެރި ރޫހު މުޖުތަމައު ތެރޭގައި ދިރުވާ އާލާކުރުމުގެ މަގުސަދުގައި ސޯޝަލް މީޑިއާގައި ކުރިއަށް ގެންދިޔަ މުބާރާތެއް ކަމަށެވެ. މި މުބާރާތް ކުރިއަށް ގެންދިޔައީ މިނިވަން ދުވަހުގެ ހާއްސަ ފޮޓޯއެއް މިނިވަން26 ހޭޝްޓެގާ އެކު ފޭސްބުކް އާއި އިންސްޓަގްރާމް ނުވަތަ އެކްސްގައި ޕޯސްޓުކޮށްގެންނެވެ.

މި ކޮންޓެސްޓުގެ ތިން ނަސީބުވެރިންގެ ތެރެއިން، ކޮންމެ ފަރާތަކަށް ވަނީ ފުޖިފިލްމް އިންސްޓެކްސް މިނީ 12 އިންސްޓަންޓް ކެމެރާ އަދި އިންސްޓެކްސް މިނީ އިންސްޓަންޓް ފިލްމް ޕެކެއް ދީފަ އެވެ. ި ސޯޝަލް މީޑިއާ ކޮންޓެސްޓްގެ ނަސީބުވެރިންގެ ގޮތުގައި ހޮވިފައިވަނީ އާމިނަތު ފަޒްލާ، އިސްމާއިލް ސައިމަން އަދި އާމިނަތު ލީލާ އެވެ.

ދިރާގުން އެކި މުނާސަބަތުތަކާ ގުޅުވައި މިފަދަ ސޯޝަލް މީޑިއާގައި ވެސް މިފަދަ ތަފާތު ސޯޝަލް މީޑިއާ ކޮންޓެސްޓުތައް ހިންގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355