twitterviber whatsapp telegramfacebookyoutube instagram
13th May 2026

ކެއްސާތީ ބޯ ބޭހެއް ރާއްޖެ އެތެރެކުރުމާއި ބޭނުން ކުރުން މަނާކޮށްފި

ނަބީލާ އިސްމާޢީލް
Aug 19, 2024

ރާއްޖެ އެތެރެކޮށް ބޭނުން ކުރަމުންގެންދާ ކޮފްސިރަޕް ބޭނުން ކުރުމާއި އެތެރެކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްއޭޑީ) އިން މަނާކޮށްފިއެވެ.

އެމްއެފްޑީ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖެ އެތެރެކޮށް ބޭނުން ކުރަމުންދާ ކޮފް ސިރަޕްގައި ކުނޑި ކޮޅުތަކެއް ހުންނަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މި ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އިތުރަށް ބެލުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ވީމާ ދިމާވެފައިވާ މައްސަލަ އެ އޮތޯރިޓީއިން ބެލުމަށްފަހު ވަކި ގޮތެއް އަންގަންދެން މި އުފެއްދުން ރާއްޖެ އެތެރެ ކުރުމާއި، ވިއްކުމާއި، އަދި ބޭނުން ކުރުން މަނާ ކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް ރާއްޖޭގައި ވަނީ މިފަދަ އެތަކެއް ބޭސް މަނާ ކުރެވިފައެވެ. އެގޮތުން ކެއްސުމާ ހުމާއި ރޯގާއި ބޭނުން ކުރާ ދިޔާ ބޭހެއް ކަމަށްވާ "އެލެގްރޯ" ބޭސް ރާއްޖެ އެތެރެކޮށް ވިއްކުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްއެންޑީ) އިން ވަނީ މަނާ ކޮށްފައެވެ.

ކޮފްސީ އަކީ އާއްމުކޮށް ކެއްސާތީ ބޭނުން ކުރާ ބޭހެކެވެ. ހާއްސަ ކޮށް ނޭވާ ހިއްލާ މީހުންނަށްވެސް ޑޮކްޓްރަށް ދެއްކުމުން ލިޔެދެއްވާ ބޭހެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355