twitterviber whatsapp telegramfacebookyoutube instagram
13th September 2024

ދިރާގު ރޯޑް ރޭހުގައި ރެޖިސްޓްރީ ވުމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Aug 22, 2024

ދިރާގު ރޯޑް ރޭސް 2024 އޮފީސް/ރިސޯޓް ޓީމް ކެޓަގަރީއާއެކު އަންނަ އޮކްޓޯބަރު، 25 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވަން ނިންމައި، ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި އެވެ.

ދިރާގުން ބުނީ މިފަހަރުގެ ދުވުމުގައި އެންމެ ތަފާތު ކަމަށް ފެނިގެންދާނީ ފަސް ކިލޯ މީޓަރު ދުވުމާއި، 10 ކިލޯ މީޓަރުގެ ދުވުމާއި ހަފް މެރަތަންގެ އިތުރުން އޮފީސް އަދި ރިސޯޓުތަކުގެ ޓީމްތަކަށް ބައިވެރިވެވޭ ފަސް ކިލޯ މީޓަރުގެ ދުވުން ހިމެނިގެން ދިޔުން ކަމަށެވެ.

"އޮފީސް/ރިސޯޓް ކެޓަގަރީގައި އޮފީސްތަކާއި ރިސޯޓްތަކަށް ހަތަރު މީހުންގެ ޓީމު ބައިވެރި ކުރުވޭނެ. އޮފީހާއި ރިސޯޓުތަކަށް ހަތަރު މީހުންގެ ޓީމު ބައިވެރި ކުރުމުގައި ލިމިޓެއް ނޯންނާނެ. އެކަމަކު ޓީމެއްގައި ބައިވެރި ކުރެވޭނީ ހަތަރު މީހުން. ކެޓަގަރީގެ ވަނަ ހޮވާނީ ޓީމުގައި ހިމެނޭ ހަތަރު ދުވުންތެރިންގެ ޓައިމިންއަށް ބަލައިގެން،" ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ ރޯޑް ރޭސްގައި ބައިވެރިވެވޭނީ 4،000 ފަރާތަށް ކަމަށާއި އެގޮތުން އިސްކަން ދޭނީ އެންމެ ފުރަތަމަ ރަޖިސްޓްރޭޝަން ފުރިހަމަ ކުރާ ފަރާތްތަކަށް ކަމަށެވެ.

ކުޑަކުދިން ހިމާޔަތްކުރުމާއި ރައްކާތެރި ކުރުމުގެ ތީމްގައި ބާއްވާ އެ ރޯޑް ރޭސްގައި 12 އެންޖީއޯއަކުން މިފަހަރު ވެސް ބައިވެރިވާނެ ކަމަށާއި އެ އެންޖީއޯތަކަށް ޑޮނޭޝަންތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުނެ އެވެ.

މީގެއިތުރުން އެންމެ ގިނައިން ނޮމިނޭޓްކުރާ ފަސް އެންޖީއޯއަކަށް ދިރާގުގެ ފަރާތުން ތިން ލައްކަ ރުފިޔާ ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

"މިފަހަރުގެ ދުވުން ވެގެންދާނީ ތާރީހުގައި ވެސް ފެނިގެންދާނެ އެންމެ ހިތްގައިމު ދުވުމަށް. މަގްސަދަކީ ހެލްތީ ލައިފް ސްޓައިލްއެއް ޕްރޮމޯޓްކުރުން،" ދިރާގުން ބުންޏެވެ.

މިއީ ދިރާގު ރޯޑް ރޭސް ބާއްވާތާ 15 ވަނަ އަހަރެވެ. އެ ދުވުން އެންމެ ފުރަތަމަ ބާއްވާފައި ވަނީ 2007 ގަ އެވެ.

މިދިޔަ އަހަރު ބޭއްވި ދިރާގު ރޯޑް ރޭސްގައި 27 ގައުމަކުން ވަނީ ބައިވެރިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355