twitterviber whatsapp telegramfacebookyoutube instagram
19th September 2024

ޑިވެލޮޕްމަންޓް ބޭންކު ވާނީ އިންވެސްޓުކުރާ ހަބަކަށް: ރައީސް

Aug 26, 2024

ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް ވެގެން ދާނީ ރާއްޖޭގައި އެކިއެކި ދާއިރާތަކުން އިންވެސްޓް ކުރާނެ ފަރާތްތަކަށް ހަބެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ރާއްޖޭގައި އަލަށް އުފައްދާ ޑިވެލޮޕްމަންޓް ބޭންކުގެ ޗެއާޕާސަން އަދި ސީއީއޯ ކަމަށް އައްޔަނުކުރާ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ވަޑައިގަތުމުގެ ކުރިން މިއަދު ހެނދުނު ސޯޝަލް މީޑިއާއަށް ދޫކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.

މިޕޯސްޓެއްގައި ރައީސް ވިދާޅުވީ ބޭންކް ހުޅުވުމަކީ ވަރަށް ތާރީހީ ކަމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި މި ބޭންކަކީ ރާއްޖޭގެ އެކި ދާއިރާތަކުގައި އިންވެސްޓުކުރަން ބޭނުންވާ ފަރާތްތަކަށް ހަބެއްގެ ގޮތުގައި ވެގެން ދާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކަކީ ރާއްޖޭގައި ޑވެެލޮޕްމަންޓް ބޭންކް ގާއިމުކުރެވި، އެ މަސައްކަތް ފަށައިގަނެ، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ރިސޯޓުތައް ހެދުމަށާއި، ރިނިއުވަބަލް އެނާޖީގެ ދާއިރާއިންނާއި އެކި ދާއިރާިތަކުން ރާއްޖޭގައި އިންވެސްޓުކުރާނެ ފަރާތްތަކަށް ހަބެއް ގޮތުގައި ބޭންކް ވެގެން ދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޑެވެލޮޕްމަންޓް ބޭންކް ހުޅުވުމަކީ ސަރުކާރުގެ މެނިފެސްޓޯގައި އޮތް އެންމެ މުހިންމު އެއް ވައުދު ކަމަށާއި އެއީ ރާއްޖޭގެ އިގްތިސާދު ފުޅާ ކޮށް، ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަދި ސީއީއޯގެ މަގާމަށާއި ޗެއާމަން ގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަޖުރިބާކާރު ބޭފުޅުން ކަމަށް ވެސް ރައީސް ވަނީ ފާހަގަކުރައްވަފަ އެވެ.

ޑެވެލޮޕްމަންޓް ބޭންކުގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާއިރު، ބޭންކުގެ ލައިސެންސް ވެސް މި ހަފްތާގެ ތެރޭގައި ލިބޭނެ ކަމަށް އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދެވުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355