twitterviber whatsapp telegramfacebookyoutube instagram
19th September 2024

މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ގެއަކަށްވަދެ ވަޅިން ހަމަލާދީ ރުފިޔާތަކެއް ފޭރިގަނެފި

އަބްދުލް ވާހިދު ޙަސަން
Sep 1, 2024
4

މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ގެއަކަށްވަދެ ވަޅިން ހަމަލާދީ، ރުފިޔާތަކެއް ފޭރިގަނެފި އެވެ.

ކުޅުދުއްފުށީ، 'އަމާނަތް' ކިޔާ ގެއަށް ވަގު ވަދެފައިވަނީ މިދިޔަ ހޮނިހިރުދުވަހުގެ މެންދަމު 2:00 ޖަހާއެހާއިރު އެވެ. އެ ގޭގެ ފިރިހެން މީހާ ބުނީ، މެންދަމު ނަމާދުކުރަން އުޅެނިކޮށް ވަގު ވަދެ އޭނާގެ ގައިގަ ހިފައިގަނެ ވަޅިން ހަމަލާދީ ރުފިޔާތައް ފޭރިގަތީ ކަމަށެވެ.

ވަގު ވަދެފައިވަނީ ފިލާ ބިތްގަނޑެއް ހަލާކުކޮށްލައިގެން ކަމަށާއި ގެއަށް ވަތް ދެ މީހުންވެސް ތިބީ މޫނު ނިވާކޮށްގެން ކަމަށެވެ.

އެމީހާގެ ވައަތުގެ ކުޑަހުޅާ ދިމާލުގައި ވަޅިން ހަމަލާދީ ޒަހަމުކޮށްފައިވާއިރު 10000 ރުފިޔާ ފޭރިގަނެފައިވާ ކަމަށް އެ މީހާ ބުންޏެވެ. އަދި އޭނާގެ އަނބިމީހާއަށް ދިމާލަށް ގޭގައި ހުޅު ޖަހާނެކަމަށް އިންޒާރުދީ ބިރުދެއްކި ކަމަށް އެ މީހާ ބުންޏެވެ.

ފޯނުގައި ރުފިޔާ ނެތުމުން އެއްވެސް މީހަކަށް ނުގުޅި ދުވާލު 6 ޖަހަންދެން އިނީ އަތުން ލޭ އަންނާތި، އަތްމައްޗަށް ނަގައިގެން ކަމަށާއި 6 ޖެހުމުން އަވައްޓެރިއެއްގެ އެހީތެރިކަމާއެކު ފުލުހުންނަށް ރިޕޯޓްކުރީ ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންގެ އެހީތެރިކަމާއެކު ކަމަށްވެސް އެ މީހާ ބުންޏެވެ.

މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ، މޫނު ނިވާކޮށްގެން ގެއަކަށްވަދެ ފޭރުނު މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން 40 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

މި ދެ މަފިރިންނަކީ އެކަނި ދިރިއުޅެމުން އަންނަ ދެ މަފިރިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355