twitterviber whatsapp telegramfacebookyoutube instagram
17th September 2024

ކުޅުދުއްފުށީގައި ދުނިޔޭގެ މަޝްހޫރު 'ސިންގާރ' ބްރޭންޑްގެ ފިހާރައެއް ހުޅުވައިފި

Sep 1, 2024

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުޅުދުއްފުށީގައި ބޭއްވި ހާއްސަ ހަފުލާއެއްގައި 'ސިންގާރ' ބްރޭންޑްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިލާރ ކަމަށްވާ ބްރޭންޑް ޗޮއިސަސް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން 'ސިންގާރ ހޯމްސް' ނަމުގައި މި ސިޓީގައި ހުޅުވި ޝޯ ރޫމް ހުޅުވި، ޝޯ ރޫމް ހުޅުވައިދެއްވީ ސިޓީގެ މޭޔާރ މުހައްމަދު އާތިފެވެ.

އަތޮޅުތެރޭގައި 'ސިންގާރ' ގެ ފަރާތުން ހުޅުވި ފުރަތަމަ ޝޯ ރޫމްއާއެކު މިއީ ރާއްޖޭގައި 'ސިންގާރ' ގެ ތިންވަނަ ޝޯ ރޫމެވެ. މި ޝޯ ރޫމުން ދުނިޔޭގެ މަޝްހޫރު އެހެނިހެން ބްރޭންޑްތަކުގެ ސާމާނުވެސް ލިބެން ހުންނާނެ އެވެ.

މިތަނުން ލިބެން ހުރި ސާމާނުތަކުގެ ތެރޭގައި ސޯފާ ސެޓާއި ޓީވީ، އެއާކޯންޑިޝަން، ދޮންނަ މެޝިން، ފަރުނީޗަރ، އައިސް އަލަމާރި، މައިކްރޯވޭވް، މޯބައިލް ފޯނާއި އަދި ގޭގެއަށް ބޭނުންވާ އެހެނިހެން ތަފާތު ގިނަ ސާމާނު ހެޔޮއަގުގައި ލިބެން ހުންނާނެ އެވެ. މީގެ އިތުރުން 'ސިންގާރ' ބްރޭންޑްގެ ސޯފާ ސެޓް ބޭނުން ކުލައެއްގައި ބޭނުން ސައިޒަކަށް ކަސްޓަމައިޒް ކޮށްދިނުންވެސް ހިމެނެ އެވެ.

'ސިންގާރ' ބްރޭންޑްގެ ޕްރޮޑަކްޝަތަކުގެ އިތުރުން ކަސްޓަމަރުންގެ މަގުބޫލުކަން ލިބިފައިވާ އެހެނިހެން ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭ، ސޮނީ، ހިޓާޗީ، ޕެނެސޮނިކް، ޑެލް، އެލްޖީ، ބެކޯ، ޕްރެސްޓީޖް، ކެންވުޑް ފަދަ ޕްރޮޑަކްޓަކްޓްސްތައް އަގުހެޔޮކޮށް ގަންނަން މި ޝޯ ރޫމުން ލިބެން ހުންނާނެ އެވެ. މި އިންވެންޓްގައި ވާހަކަދައްކަވަމުން ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެފައިވަނީ މިފަދަ ބައިނަލްއަގްވާމީ ދުވަސްވީ ބްރޭންޑެއް މި ސިޓީގައި ހުޅުވިގެން ދިޔުމަކީ ރަށުގެ ރައްޔިތުންނާއި މިސަރަހައްދުގެ އެހެނިހެން ރަށްރަށުގެ ރައްޔިތުންނަށްވެސް ލިބުނު ކުރިއެރުމަކާއި ފަސޭހައެއް ކަމަށެވެ.

'ސިންގާރ' ގެ ޕްރޮޑަކްޓްސްތަކަކީ މިސަރަހައްދުގެ ސްރީލަންކާ، ބަންގްލަދޭޝް، އިންޑިއާ، ލާއޯސް، ތައިލެންޑް، ވިއެޓްނާމް ފަދަ ގައުމުތަކުގެ ކަސްޓަމަރުންގެ މެދުގައި އިތުބާރު ލިބިފައިވާ ވަރަށް މަގުބޫލް ބްރޭންޑެކެވެ

'ސިންގާރ' ގެ ފިހާރަތަކުން މިހާރު ލިބެން ހުރި ޕްރޮޑަކްޓްތައް ރާއްޖޭގެ 'ސިންގާރ' ވެބް ސައިޓުންވެސް އޯޑަރ ކުރެވޭނެ އެވެ. 'ސިންގާރ'ގެ ރާއްޖޭގެ ވެބްސައިޓަކީ www.singer.mv އެވެ.

'ސިންގާރ' އަކީ 175 އަހަރުވީ ދުނިޔޭގެ މަޝްހޫރު ބްރޭންޑެކެވެ. މި ޝޯ ރޫމް ހުންނާނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ސަރަހައްދު، ރަންކޮކާމަގުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355