twitterviber whatsapp telegramfacebookyoutube instagram
19th September 2024

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތް ބޭފުޅަކަށް، ހިތްވަރު ދިނުމުގެ ގައުމީ އިނާމު 10 ބޭފުޅަކަށް

ނަބީލާ އިސްމާޢީލް
Sep 4, 2024

ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ގައުމީ އިނާމު 7 ބޭފުޅަކަށާއި، އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 10 ބޭފުޅަކަށާއި، 1 ކުންފުންޏަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ދެއްވައިފިއެވެ. މި އިނާމުތައް ދެއްވީ، މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިއަދު ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލައެކެވެ.

ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި 7 ބޭފުޅުންނަކީ:

1. ދެމިހުންނަނިވި ހާއްސަ ހިދުމަތެއް ކުރެއްވުމުގެ ދާއިރާއިން ހ. ހާޖަރާގޭ، އަލްމަރްޙޫމް މުހައްމަދު ތައުފީޤުގެ
2. ސިއްހީ ދާއިރާއިން ވ. އަކީލާ، ޑރ. އަބްދުލްއަޒީޒް ޔޫސުފް
3. ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާއިން ހުޅުމާލެ ފްލެޓް ނަންބަރު 02-3-7، މުހައްމަދު މާޖިދު
4. ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން މ. ހުސްނޫ، މޫސާ ލަތީފް
5. ކުޅިވަރުގެ ދާއިރާއިން މ. މެޓްރޯވިލާ، މުހައްމަދު ނާސިރު
6. ކުޅިވަރުގެ ދާއިރާއިން ވ. ރޭދުވާ، އަހްމަދު މުހައްމަދު
7. ޕާފޯމިން އާޓްސްގެ ދާއިރާއިން ވ. ކަންދު، ހަސަންމަނިކު

ހިތްވަރު ދިނުމުގެ ގައުމީ އިނާމު އެރުވި 10 ބޭފުޅުންނާއި ކުންފުންޏަކީ:

1. ކީރިތި ޤުރްއާން އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާއިން; ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ރޮނގުން: އަލްޤާރީ އަޙްމަދު އިބްރާހީމް، ޒަމާނީގެ، ނ. ހޮޅުދޫ
2. ކީރިތި ޤުރްއާން އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާއިން; ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ރޮނގުން: އަލްއުސްތާޒު ޢަބްދުއްރަޙްމާން ޔޫނުސް، މަޒާ، ރ.އަލިފުށި
3. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން; ދީނީ ރޮނގުން ޚިދުމަތްކުރުމާއި، މީހުންގެ ހޭލުންތެރިކަން އިތުރުކުރުވުމުގެ ރޮނގުން: އައްޝައިޚް ޢިއްޒައްދީން ޢަދުނާން، ދަފްތަރު ނަންބަރު ރސ 12132
4. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން; ދީނީ ރޮނގުން ޚިދުމަތްކުރުމާއި، މީހުންގެ ހޭލުންތެރިކަން އިތުރުކުރުވުމުގެ ރޮނގުން: އައްޝައިޚް އަޙްމަދު މައުމޫން، މާބަގީޗާގެ، ސ.މަރަދޫ
5. ތަޢުލީމީ ދާއިރާއިން; ފަންނީ މީހުން ބިނާކުރުމުގެ ރޮނގުން: އިސްމާޢީލް ސާޖިދު، މއ. ވިލާރޮދި
6. މަސްވެރިކަމުގެ ދާއިރާއިން; ދޮށީގެ މަސްވެރިކަން ކުރުމުގެ ރޮނގުން: އިބްރާހީމް ތައްޚާނު ، ވާކަރުގެ،ގއ. ވިލިނގިލި
7. ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން; ވިޔަފާރި ފުޅާކޮށް ތަރައްޤީ ކުރުމުގެ ރޮނގުން: ރިޔަން ޕްރައިވެޓް ލިމިޓެޑް
8. ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން; އިޤްތިޞާދަށް މުޅިން އައު ޚިދުމަތްތަކާއި މަސައްކަތްތައް ތަޢާރުފުކޮށް، ތަރައްޤީކޮށް، ކުރިއެރުވުމުގެ ރޮނގުން: ޢާމިރު މަންޞޫރު، މއ. މަނަސް
9. ބޯޓް ބިލްޑިންގގެ ދާއިރާއިން; އޮޑިދޯނިފަހަރު ބަނުމާއި، ޔޮޓްފަހަރު ބަނުމުގެ ރޮނގުން: ޢަބްދުއްރަޙްމާނު ޔޫސުފު، ރީފް، ރ.އަލިފުށި
10. ކަލިނަރީ އާރޓްސްގެ ދާއިރާއިން; މީހުން ބިނާކުރުމާއި ތަރައްޤީކުރުމުގެ ރޮނގުން: ފާޠިމަތު ޢުމަރު، ދޯދި، ހއ. ފިއްލަދޫ
11. ޒުވާނުންގެ ދާއިރާއިން; ހިލޭސާބަހަށް މަސައްކަތްކުރުމާއި، މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމުގެ ރޮނގުން: ޙުސައިން ޢަލީ، ނޫރާނީމާގެ، ނ. ހެނބަދޫ

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355