twitterviber whatsapp telegramfacebookyoutube instagram
22nd August 2026

ކުޅުދުއްފުށީ ފަޅުތެރެއިން ފެނުނު ހަށިގަނޑު ޕޯސްޓްމޯޓަމަށް ފޮނުވުމުގެ މަސައްކަތް ކުރަނީ

ނަބީލާ އިސްމާޢީލް
Sep 14, 2024

ކުޅުދުއްފުށީ ފަޅު ތެރޭގައި ނިޔާވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ރާއްްޖެއިން ބޭރަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިއަދު ފުލުހުން ބުނެފިއެވެ.

ކުޅުދުއްފުށި ފަޅުތެރޭގައި މިދިޔަ ބުދަ ދުވަހު ނިޔާވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިހާރު ވަނީ މާލެ ގެންގޮސްފަ އެވެ. އޭނާ މާލެ ގެންގޮސްފައިވަނީ އެރޭ ފޮލިސް ލޯންޗެއްގަ އެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އެދުވަހު ހެނދުނު 8:38 އެހާއިރު އެވެ. މަރުވެފައި އޮތްވާ ފެނުނީ ކުޅުދުއްފުށީ / ޑެއިޒީފެހި، މުހައްމަދު ހަސަން (36އ) އެވެ. އޭނާ މަރުވެފައި އޮތްއިރު ހަށިގަނޑުން އެއްވެސް އަނިޔާއެއްގެ ނިޝާން ފެނަން ނެތްކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355