twitterviber whatsapp telegramfacebookyoutube instagram
7th February 2026

ދެ އަންހެން ދަރިންނާއި އިތުރު ކުއްޖަކަށް ބައްޕައަކު ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

Sep 16, 2024

ބައްޕައަކު އަމިއްލަ އަންހެން ދެ ދަރީންނަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އަމިއްލަ ދެ ދަރިންނާއި، ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ރިޕޯޓެއް ލިބިފައިވާކަމަށެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ އުމުރުން 42 އަހަރުގެ މީހަކު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ. މި މައްސަލައިގައި ބަލަން ޖެހޭކަންކަން، ބަލައި ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިއީ މި ހަފްތާގައި ޖިންސީ ގޯނާގެ މައްސަލައެއް ފެންމަތިވެ ފުލުހުން މީހަކު ހައްޔަރު ކުރި ތިންވަނަ މައްސަލައެވެ.

މި ހަފްތާގައި ފުލުހުން ވަނީ ނުކުޅެދުންތެރިކަން ހުރި މީހަކަށް ޖިންސީ ގޯނާ ކުރި އުމުރުން 57 އަހަރުގެ މީހެއް ވެސް ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ޖިންސީ ކުށުގެ 238 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355