twitterviber whatsapp telegramfacebookyoutube instagram
19th September 2024

ދިރާގުގެ އަހަރީ ދުވަހު މިފަހަރު ދެނީ ހައި ސްޕީޑް ލޯންޗެއް

ނަބީލާ އިސްމާޢީލް
Sep 19, 2024

ދިރާގުން އަންނަ މަހުގެ އެކެއްގައި ފާހަގަކުރާ އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅުވައިގެން ސްޕީޑް ބޯޓެއް ދޭ ޕްރޮމޯޝަނެއް ލޯންޗުކޮށްފި އެވެ.

ދިރާގު "ވިން އަ ސްޕީޑްބޯޓް"ގެ ނަމުގައި ކުރިއަށްދާ މި ޕްރޮމޯޝަންގައި ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މުޅިން އާ އަލް ޝާލީ މެރިން ބޯޓަކާއި ޔަމަހާ އައުޓްބޯޑް ދެ އިންޖީނު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.

އެގޮތުން ޕްރީޕެއިޑް ޕްލޭންތަކަށް 400 ރުފިޔާ ނުވަތަ އެއަށް ވުރެ މަތިން ރީޗާޖުކުރާ ކަސްޓަމަރުންނާއި ޕޯސްޓްޕެއިޑް 400 އަދި ފައިބަ ބްރޯޑްބޭންޑް 30އެމް އަށް ވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކުރާ ފަރާތްތަކަށް މި ޕްރޮމޯޝަންގެ ގުރުވަތުގައި ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ދިރާގާއި ގުޅޭ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލާފަ އެވެ. އަދި ހުރިހާ ކަސްޓަމަރުންވެސް ހާއްސަ ޕޯޓަލް މެދުވެރިކޮށް 16 ޑިސެންބަރު 2024ގެ ކުރިން މި ޕްރޮމޯޝަންގައި އެންރޯލްކުރަން ޖެހޭނެ އެވެ.

ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ މިދިޔަ އަހަރުގެ ދިރާގު "ވިން އަ ޓެސްލާ" ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ލިބުނު ފޯރިގަދަ ތަރުހީބަށް ބަލައި މި ފަހަރު އެއަށްވުރެއް ބޮޑު އިނާމެއް ހޯދުމުގެ ފުރުސަތު ހުޅުވާލުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އެގޮތުން ދިރާގުގެ 36 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ތައްޔާރުވަމުން ދާއިރު، އަޅުގަނޑުމެން މިފަހަރު މިދެނީ ކަސްޓަމަރުންނަށް އަލް ޝާލީ މެރިން މަޖެލަން، 32 ލޯންޗާ އެކު ޔަމަހާ އައުޓްބޯޑު ދެ އިންޖީނު ކާމިޔާބު ކުރުމުގެ ފުރުސަތު. މި ހައި ސްޕީޑް ލޯންޗަކީ އާއިލާއާ އެކު ވަގުތު ހޭދަކޮށްލަން ނުވަތަ މަސް ދަތުރު ދިޔުން ފަދަ ތަފާތު މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ބޭނުންކުރެވޭނެ ވަރަށް ފުރިހަމަ އަދި އެހާމެ ހިތްގައިމު ލޯންޗެއް،" މިރްޝާން ހަވިދާޅުވި އެވެ.

އަލް ޝާލީ މެރިން، މަޖެލަން 32 ސްޕީޑްބޯޓަކީ ރާއްޖޭގެ ޕްރިމިއަމް އަދި އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ބޯޓު އެފުއްދުންތެރިންކަމުގައިވާ އަލް ޝާލީ މެރިން މޯލްޑިވްސްއިން ފަރުމާކޮށްފައިވާ ލޯންޗެކެވެ. އަދި މި ހައި ސްޕީޑް ލޯންޗާ އެކު މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް ޔަމަހާއިން މި ލޯންޗަށް ބޭނުންވާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނުވެސް ލިބިގެންދާނެ އެވެ. ޔަމަހާއަކީ ރާއްޖޭގައި 50 އަހަރު ދުވަހުގެ ހިދުމަތުގެ ތަޖުރިބާ ލިބިފައިވާ، ދުނިޔޭގެ ނަން މަޝްހޫރު، އައުޓްބޯޑް އިންޖީނަށް ހާއްސަ ބްރޭންޑެކެވެ.

ދިރާގު "ވިން އަ ސްޕީޑް ބޯޓް" ޕްރޮމޯޝަންގެ އެންރޯލްމަންޓް މުއްދަތުގެ ތެރޭގައި ކޮންމެ މަހަކު ވެސް އިނާމު ލިބޭ ހާއްސަ ބައެއް އެކުލެވިގެންވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތުން އިނާމުގެ ގޮތުގައި ގޯ ޕްރޯ ހީރޯ 12، ސުންޓޯ ޑީ5 ވޮޗް، ޑީޖީއައި މިނީ 2 އެސްއީ ފްލައި މޯ ކޮމްބޯ، އަދި ސްޕޯޓްސް ފިޝިންގް ގިއަރ ސެޓް ފަދަ ހިތްގައިމު އިނާމުތައް ހިމެނެ އެވެ. އަދި މި ޕްރޮމޯޝަންގެ ބޮޑު އިނާމު ހޯދުމަށް އެންރޯލްވާ ހުރިހާ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުން ވެސް ކޮންމެ މަހަކު ކުރިއަށްދާ މި އިނާމު ލިބޭ ގުރުވަތުގައި އޮޓޮމެޓިކްކޮށް ބައިވެރިކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގަކީ ރާއްޖޭގައި މިފަދަ ފޯރިގަދަ ޕްރޮމޯޝަންތައް ކުރިއަށްގެންދާ ކުންފުނިތަކުގެ ތެރެއިން ވެސް ނަމޫނާ ކުންފުންޏެކެވެ. އެގޮތުން ކޮންމެ އަހަރުކުވެސް އެ ކުނުފުނީގެ ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދޭނެފަދަ ހާއްސަ ޕްރޮމޯޝަންތަކާއި އޮފާތައް ފަރުމާކޮށް، ޑިޖިޓަލް ރައްޖޭގައި ކުރިއެރުމަށް އެފަރާތްތަކަށް މަގުފަހިކޮށްދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355