twitterviber whatsapp telegramfacebookyoutube instagram
10th November 2026

އެކްސިޑެންޓްގައި ސީރިއަސް އަނިޔާ ލިބުނު މީހާ މާލެ ފޮނުވާލައިފި

އަބްދުލް ވާހިދު ޙަސަން
Sep 26, 2024

ދެ ސައިކަލް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތައް ލިބުނު ފިރިހެން މީހާ ފަރުވާއަށް މާލެ ފޮނުވާލައިފި އެވެ.

މިދިޔަ އަންގާރަ ދުވަހު ކުޅުދުއްފުށީގައި ހިނގި މި އެކްސިޑެންޓްގައި 49 އަހަރުގެ މީހާގެ އިތުރުން 21 އަހަރުގެ އަންހެނަކާއި 11 އަހަރުގެ ފިރިހެން ކުއްޖަކަށްވެސް އަނިޔާވި އެވެ. އެކަމަކު 21 އަހަރުގެ އަންހެން މީހައަށާއި 11 އަހަރުގެ ފިރިހެން ކުއްޖައަށް ސީރިއަސް އަނިޔާއެއް ނުލިބެ އެވެ.

އެ މީހުންނަށް ފަރުވާ ދިނުމަށްފަހު ހަމަ އެ ދުވަހު ވަނީ ދޫކޮށްލާފަ އެވެ.

އެކްސިޑެންޓްގައި އަނިޔާވި ފިރިހެން މީހާގެ ބޯފަޅައިގެންގޮސް ގިނަ އަދަދެއްގެ ލޭ ފޭބިކަމަށް މަންޒަރު ދުށް މީހުން މައުލޫމާތުދެ އެވެ.

ކޭއާރުއެޗްގެ މީޑިއާ އޮފިޝަލް މުހައްމަދު މޫސާ ވިދާޅުވީ، ސީރިއަސް އަނިޔާވި މީހާ ރޭގެ ވަގުތެއްގައި މާލެ ފޮނުވާލާފައިވާ ކަމަށާ އެ މީހާ މާލެ ފޮނުވާލީ ކުރިން ފާހަގަނުވާ ކަންތައްތަކެއް ފާހަގަވާން ފެށުމުން އިތުރު ފަރުވާއަށް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293