twitterviber whatsapp telegramfacebookyoutube instagram
18th October 2024

ކުޅުދުއްފުށީގައި ބާއްވާ އެންމެ ދިގު ދުވުމުގައި ބައިވެރިވުމަށް ހުޅުވާލައިފި

Oct 5, 2024
ލިޔުނީ: މިހްރާން މަމްދޫހް

ގައުމީ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަނުންއާއި، ޔޫނިއަންގެ ދެގޮފި ކަމަށްވާ މެޑިކޯސް އަދި ގުރުޒުގެ ފަރާތުން ކުޅުދުއްފުށީގައި ބޮޑު ދުވުމެއް ބާއްވަން ނިންމާ ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

'އެމް.އެން.ޔޫ.އެސް.ޔޫ 10 ކޭ ސްޓެޕްސް - ބޮޑުތިލަދުންމަތި 2024' މިނަމުގައި ބާއްވާ މި ބޮޑު ދުވުން އޮންނާނީ މި އޮކްޓޯބަރުމަހުގެ 19 ވަނަ ދުވަހު ހަވީރު 16:00 ގަ އެވެ.

100 ރުފިޔާއަށް ބިބް ވިއްކަން ހުޅުވާލާފައިވާއިރު ޓީޝާޓް ވިއްކަމުން އަންނަނީ 160 ރުފިޔާއަށެވެ. ދުވުމުގައި ބައިވެރިވެވޭނީ ބިބް ގަނެގެންނެވެ. ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޕޯސްޓްގެ ކިއުއާރުކޯޑް ސްކޭން ކޮށްލައިގެން ބައިވެރިވެވޭނެ އެވެ. އަދި 7592555 އަށް ގުޅުއްވުމުން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

ރަޖިސްޓަރޭޝަން ލިންކު:

10 ކިލޯ މީޓަރުގެ އިތުރުން 5 ކިލޯ މީޓަރަށްވެސް މި ދުވުމުގައި ދުވެވިދާނެ އެވެ. މިދުވުމުގެ މައިގަނޑު އަމާޒަކީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކާ ދުވާލަކު 10،000ފިޔަވަޅު އެޅުމުގެ މުހިންމުކަމާމެދު ކުދިބޮޑު އެންމެންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ. މިދުވުމުގައި އެކިއުމުރުފުރާތަކުގެ ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަކީ އިންތިޒާމުކުރާ ފަރާތުގެ ވަރަށް ބޮޑު އެދުމެކެވެ.

މިހަރަކާތް އިންތިޒާމުކުރުމުގައި ހަރަކާތްތެރިވާ މެޑިކޯސް އަކީ ޔޫނިއަންގެ ސްކޫލް އޮފް މެޑިސިންގެ ގޮތްޕެވެ. އަދި ގުރުޒުއަކީ ކުޅުދުއްފުށި ކެމްޕަހުގެ ގޮތްޕެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355