twitterviber whatsapp telegramfacebookyoutube instagram
6th October 2024

ދިވެހިންގެ ހަރުދަނާ މާތް ސިފަތަކުން ދަރިވަރުން ޒީނަތްތެރިކޮށްދެއްވާ: ރައީސް

ނަބީލާ އިސްމާޢީލް
Oct 5, 2024

ދިވެހީންގެ ހަރުދަނާ މާތް ސިފަތަކުން ދަރިވަރުން ޒީނަތްތެރިކޮށްދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޓީޗަރުންނަށް މިއަދު އިރުޝާދު ދެއްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދަކީ ރާއްޖެ އިސްލާމްވި ދުވަހުގެ އިތުރުން މުދައްރިސުންގެ ދުވަސްކަމުގައި ވާތީ މުދައްރިސުންނާ މުހާތަބުކުރައްވަމުން އެމަނިކުފާނު ވަނީ، އިންސާނިއްޔަތާއި، އަޚުލާޤާއި، މައުނަވީ ހަރުދަނާކަން އަދުގެ ޖީލުތަކުގައި އަށަގެންނެވުމަށް މުދައްރިސުންގެ އެއްބާރުލުން މުހިންމުވާ މިންވަރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ރައީސް ވިދާޅުވީ، ރާއްޖެ ގެދޮރާއި އުމްރާނީ ތަރައްޤީގެ ގޮތުން ބިނާކުރާ ފަދައިން ފިކުރާ ސިކުނޑީގެ ގޮތުން ދަރިވަރުން ބިނާކުރަން ބޭނުންވާ ކަމަށެވެ.

އެގޮތުން، އިންސާނިއްޔަތާއި އަހުލާގާއި މާނަވީ ހަރުދަނާކަން އަދުގެ ޖީލުތަކުގައި އަށަގަންނުވަން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ދިވެހި ދަރިން ގައުމިއްޔަތަށް އަހުލުވެރިކޮށްދެއްވުމަށާއި މަސައްކަތުގައި ޝާމިލްވުމުގެ ޝައުގު އަށަގެންނެވުމަށް ޓީޗަރުން މަސައްކަތްކޮށްދެއްވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

"ދިވެހީންގެ ހަރުދަނާ މާތް ސިފަތަކުން ޒީނަތްތެރިކޮށްދެއްވާ. މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމައި މަސްއޫލިއްޔަތު އުފުލުމުގެ ޝައުޤާއި ޤާބިލުކަން އަށަގަންނަވާދެއްވާ. ހަމަ އެހެންމެ، މި ކަމުގައި ލޮބުވެތި ދިވެހި ހުރިހައި ރައްޔިތުންގެ އެއްބާރުލެއްވުން އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން. އެކަމަށް ޓަކައި އަޅުގަނޑުމެން އާރާސްތުކުރަން ޖެހޭ އަޚްލާޤީ އެތައް ބިނާއެއް އެބަ ހުރި." ރައީސް ވިދާޅުވި އެވެ.

އިތުރަށް ރައީސް މުއިއްޒު ވިދާޅުވީ، ދިއްލަން ޖެހޭ އެތައް ވޮށަކާއި ދަންމަރެއް އެބަ ހުރި ކަމަށާއި ދިވެހީންގެ ހާލަތު ބަދަލު ކުރުމަށް ގަދައަޅާ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ކީރިތި ގުރުއާނާ ހަވާލާދެއްވައި ރައީސް ވިދާޅުވީ، ހާލަތު ބަދަލު ކުރުމަކީ ދިވެހިންގެ އަމިއްލަ ކަމެއް ކަމަށާއި ހާލަތު ބަދަލުކޮށް އިސްލާހަށް މަސައްކަތް ފެށުމުން މާތް ﷲ އެކަމަށް ހެޔޮ ތައުފީގު ދެއްވާނެ ކަމަށެވެ.

އޭގެއިތުރުން، މިއަދު ޖީލަށް އިސްލާމް ދީނުގެ ހަގީގީ ތަރަޙަތަކާއި ފުން މާނަތައް ދޭހަ ނުވާކަން ފާހަގަކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ޖެންޒީގެ ގޮތުގައި މަޝްހޫރި މި ޖީލުގެ ކުދިން ވިސްނާ ގޮތާއި ފިކުރު ކުރާ ގޮތްތައް ތަފާތު ކަން ފާހަގަކުރެއްވިއެވެ.

ޤައުމާއި މުޖުތަމަޢުގައި ބާރުވެރިކުރުމަށްޓަކައި، މި ޒުވާން ޖީލުގެ ވިސްނުމާއި ގުޅުވާލެވޭނެ ގޮތަކަށް އިސްލާމްދީނާއި ދިވެހީންގެ އަސްލުވަންތަކަން ރަނގަޅު މާނައިގައި ފަހުމުވާ ބަޔަކަށް ހަދަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، ދިވެހީންގެ ތާރީޚާއި މިނިވަން ދައުލަތެއް ދެމި އޮތް ހަގީގަތް ޒުވާނުންނަށް ވިސްނޭ ގޮތަކަށް އަންގައިދެވެން ޖެހޭ ކަމަށް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355