twitterviber whatsapp telegramfacebookyoutube instagram
18th October 2024

ތެލެސީމިއާ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ނަބީލާ އިސްމާޢީލް
Oct 16, 2024

ރާއްޖޭގައި ތެލެސީމިއާ ކުދިންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްގެން ހޮސްޕިޓަލެއް އެޅުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ މި ހޮސްޕިޓަލްގެ މަޝްރޫއު ކުރިއަށްގެންދާނީ މެލޭޝިއާގެ މެޑޯ އޭޝިއާ އާއި ޗިންހިން ގުރޫޕު ބަރުހާދު ގުޅިގެންނެވެ.

ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އެވެ. ޗިންގެ ފަރާތުން ސޮއިކުރެއްވީ އެ ގުރޫޕް ސީއީއޯ ރޮޖާ ލިން އެވެ. އަދި މެޑޯ އޭޝިއާގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އަދި އެމްޑީ ސްޓުއާޓް ޖޭ ވެނާ ޕެކް އެވެ.

މިމަޝްރޫއަށް ފައިސާ ހަމަޖައްސާފައިވަނީ ސައިނޯމާ އިންޑަސްޓްރީ އިންޖިނިއަރިންގެ ފަރާތުންނެވެ.

މިރަސްމިއްޔާތުގައި ވަނީ ތިން ބުރީގެ މި ހޮސްޕިޓަލްގެ ކުރެހުމެއް ވީޑިއޯއެއްގެ ގޮތުގައި ދައްކާލާފަ އެވެ. ވީޑިއޯ އިން ދެއްކި ގޮތުގައި އިމާރާތުގެ އެންމެ ތިރީގައި ހުންނާނީ އިމަޖެންސީ ރޫމާއި ކުޑަކުދިން ކުޅޭ ސަަރަހައްދަކާއި ކެންޓީނެކެވެ.

މީގެއިތުރުން މި ހޮސްޕިޓަލްގައި ބްލަޑް އަދި އޯގަން ޓްރާންސްޕްލާންޓް ޔުނިޓަކާއި ބްލަޑް ޓްރާންސްފިއުޝަން ޔުނިޓަކާއި ލެބޯޓަރީއާއި ރޭޑިއޮލޮޖީ ޑިޕާޓްމެންޓެއްވެސް ހެދުމަށް ހަމަޖެހިފައިވެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގައި ތެލެސީމިއާ ކުދިންނަށް ފަރުވާ ދިނުމަށް ހާއްސަ ހޮސްޕިޓަލެއް އެޅުމަށް ވައުދުވެވަޑައިގެންފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355