twitterviber whatsapp telegramfacebookyoutube instagram
22nd October 2024

އިހަވަންދޫގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްނުދާތީ ކައުންސިލުން ކަންބޮޑުވުންފާޅުކޮށް ބަޔާނެއް ނެރެފި

އިހަވަންދޫގައި ސަރުކާރުގެ މަޝްރޫއުތައް ކުރިއަށްނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުންފާޅުކޮށް ބަޔާން ނެރެފައި. އެ ކައުންސިލްގައި 7 މެންބަރުން ތިއްބަވާއިރު 6 މެންބަރުން ނިސްބަތްވަނީ ޕީޕީއެމްއަށް.

އަބްދުލް ވާހިދު ޙަސަން
Oct 19, 2024

ހއ އިހަވަންދޫގެ ތަރައްގީއަށް ސަރުކާރުން ކުރަން ނިންމާފައިވާ މަޝްރޫއުތައް ކުރިއަށްނުދާތީ އާއި އެރަށުގެ ބައެއް އިންފްރާސްޓަކްޗަރއަށް ލިބިފައިވާ ގެއްލުންތައް ހައްލުކޮށްދިނުމަށް ކަމާ ގުޅުން ހުރި އިދާރާތަކުން މަސައްކަތްތައް ކުރިއަށްނުގެންދާތީ އެރަށު ކައުންސިލުން ކަންބޮޑުވުންފާޅުކޮށް ބަޔާނެއް ނެރެފި އެވެ.

ޕީއެންސީގެ މެޖޯރިޓީ އޮންނަ އިހަވަންދޫ ކައުންސިލުން ނެރުނު ބުނެފައިވަނީ 2021 ވަނަ އަހަރުން ފެށިގެން އަންނަ ބިން ހިއްކުމުގެ މަސައްކަތް ނުނިމި ލަސްވަމުންދާ ކަމަށެވެ. އެކަމާ ގުޅިގެން ބިން ހިއްކައިގެން ހިންގުމަށް ހުރި ކުނި މެނޭޖްކުރުމާއި ގެދޮރުވެރިކަމާއި އަދި އެހެނިހެން އުމްރާނީ ތަރައްގީގެ މުހިންމު މަޝްރޫއުތައް ލަސްވެފައިވާ ކަމަށެވެ.

އަދި އެމްޓީސީސީގެ ސީއެސްއާރުގެ ދަށުން ކުރުމަށް އިއުލާނުކޮށްފައިވާ ހިއްކި ސަރަހައްދުގެ މޫދަށް އެރޭ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތަށް އެއްވެސް އިޖާބައެއް ނުލިބި ހިއްކި ސަރަހައްދުގެ ރިވެޓްމެންޓްގެ މަސައްކަތްކުރަމުންދާތީ ކައުންސިލުން ކަންބޮޑުވުންފާޅުކުރި އެވެ.

މީގެ އިތުރުން ރަށުގެ ފެރީ ޓާމިނަލް ސަރަހައްދު ސިޑި އާއި ގުޅިފައިވާ ސަރަހައްދު ގަނބައިގެންފައިވުން ހައްލުކުރުން ލަސްވަމުންދާ ދިޔުންވެސް ކައުންސިލުން ފާހަގަކުރެއްވި އެވެ. އެކަމާ ގުޅިގެން ފެރީ ޓާމިނަލް ބޭނުންނުކުރެވިފައިވާ ކަމަށާއި އަދި ތޮއްޓަށް ލިބިފައިވާ ގެއްލުންތައްވެސް މިނިސްޓްރީއާ ހިއްސާކުރެވިފައިވީނަމަވެސް އަދިވެސް އަލިމަގެއް ލިބިފައިނުވާ ކަމަށެވެ.

"ރަށުގައި ހަސްފަތާލެއް ގާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާނުކޮށްފައިވީނަމަވެސް މިކަމުގައި އެއްވެސް އަމަލީ މަސައްކަތެއް ފެށިފައިނުވުމާއި ރަށުގައި ގާއިމުކުރުމަށް ނިންމާފައިވާ ފިސްކަލެކްޝަން ސެންޓަރުގެ މަސައްކަތް ނުފެށި އެތައް މަސްތަކެއް ފާއިތުވެފައިވުމާއި ރަށުގައި ގާއިމުކުރެވިފައިވާ އައިސްޕްލާންޓްގެ އައިސްލިނުމުގައި ހުރި ދަތިތައް ހައްލުނުކުރެވި ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް އަލަށް ގާއިމުކުރެވޭ އައިސްޕްލާންޓްގެ މަސައްކަތްވެސް ނުކުރެވޭކަމީ ރަށުގެ މަސްވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމުގައި ފާހަގަކުރަނީ ހިތާމައާއެކު." ކައުންސިލްގެ ރައީސް ހިމެނޭހެން ހަތަރު ކައުންސިލަރުން ސޮއިކޮށް ނެރުނު ބަޔާނުގަވެ އެވެ.

އިހަވަންދޫ ކައުންސިލްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އާ ކުނިކޮށި ހެދުމަށް ބިން ހަމަޖެއްސުމަށް ކުރެވިފައިވާ މުއާމަލާތައް ޖަވާބުދާތީ ނުވާކަމަށެވެ. ރައްޔިތުންނާ ގުޅުން ހުރި އެ ފަދަ މުހިންމު ކަންކަން މަޝްވަރާކުރެވި އެއްބަސްވެފައިވާ ގޮތްތަކުގެ މަތިން ހައްލު ހޯދައިދިނުމަށް އެކައުންސިލުން މުއައްސަސާތަކަށް ގޮވާލެއްވި އެވެ. އަދި ރައީސްގެ ވައުދާ އެއްގޮތަށް ދެން ހުރި މަޝްރޫއުތައްވެސް އަވަސްކޮށްދެއްވުމަށްވެސް ގޮވާލެއްވި އެވެ. މި ބަޔާނުގައި ދެ ސޮއިނުކުރައްވަނީ މެންބަރު އަހުމަދު ރިޟްވާނު އާއި މަރިޔަމް ޝިފާޒާ އެވެ. މަރިޔަމް ޝިފާޒާއަކީ އެ ކައުންސިލުގައި އިންނަވާ ހަމައެކަނި އެމްޑީޕީ މެންބަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355