twitterviber whatsapp telegramfacebookyoutube instagram
7th February 2026

ޗައިނާ ރެޑްކްރޮސް އިން ދިވެހި ރެޑްކުރެސެންޓަށް އިންފްލެޓަބަލް ރެސްކިއު ދެ ބޯޓް ހަދިޔާކޮށްފި

Oct 26, 2024

ޗައިނާ ރެޑްކްރޮސް އިން ދިވެހި ރެޑްކުރެސެންޓަށް އިންފުލެޓަބަލް ރެސްކިއު ދެ ބޯޓާއި ޕާޝަނަލް ޕްރޮޓެކްޓިވް ސާމާނު ހަދިޔާކޮށްފި އެވެ.

170،000 ޗައިނީސް ޔެންގެ މި ސާމާނު ދިވެހި ރެޑްކުރެސެންޓާ ހަވާލުކޮށްދެއްވީ ހުކުރުދުވަހު ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ޗައިނާ ރެޑްކޮރޮސްގެ ނައިބު ރައީސް ލީ ލިޑޮންނެވެ. ދިވެހި ރެޑްކުރެސެންޓްގެ ފަރާތުން މިތަކެއްޗާ ހަވާލުވެލެއްވީ ދިވެހި ރެޑްކުރެސެންޓްގެ ނައިބު ރައީސް އަހުމަދު ޝާބިން އެވެ.

މި ރަސްމިއްޔާތުގައި ޗައިނާ ސަފީރު ވަން ލީޝިން އާއި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް އަދި ޗައިނާ ރެޑްކްރޮސް އާއި ދިވެހި ރެޑްކުރެސެންޓްގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ޗައިނާގެ ރެޑްކްރޮސް އާއި ދިވެހި ރެޑްކުރެސެންޓާ ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދިޔަ 'ވޯޓަރ އެމެޖެންސީ ރެސްކިއު' ޕްރޮގުރާމު ނިންމުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ ހުކުރުދުވަހު އެވެ. 5 ދުވަހަށް ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ މި ތަމްރީން ޕްރޮގުރާމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 10 ބައިވެރިވިން ބައިވެރިވި އެވެ.

މި ތަމްރީން ޕްރޮގުރާމުގައި ބައިވެރިކޮށްފައިވަނީ ފުލުހުންނާއި ދިވެހި ރެޑްކުރެސެންޓްގެ ދަރުމަވެރިންނާއި އެންޑީއެމް މުވައްޒަފުންނެވެ. މިއީ ތަމްރީން ޕްރޮގުރާމުގައި ކިޔައިދެއްވީ ޗައިނާ ރެޑްކްރޮސްގެ ތަޖުރިބާކާރު ފަރާތަކުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355