twitterviber whatsapp telegramfacebookyoutube instagram
31st March 2026

އުރީދޫ ކަސްޓަމަރުންނަށް ދޯހާ މެރެތަންގައި ދުވުމުގެ ފުރުސަތު ލިބޭ ލަކީ ޑްރޯއެއް

ނަބީލާ އިސްމާޢީލް
Oct 27, 2024

ގަތަރުގައި އޮންނަ ދޯހާ މެރަތަންގައި ބައިވެރިވުމުގެ ދެ ފުރުސަތު ލިބޭ ލަކީ ޑްރޯއެއް އުރީދޫ މޯލްޑިވްސް އިން މިއަދު އިއުލާންކޮށްފި އެވެ.

ދޯހާ މެރެތަން 2025 އޮންނާނީ 17 ޖަނަވަރީ 2025 ގައި ގަތަރުގައެވެ. އުރީދޫއިން މި ލަކީ ޑްރޯ ހުޅުވާލާފައިވަނީ ހަމަ އެކަނި އުރީދޫގެ ކަސްޓަމަރުންނަށެވެ.

އުރީދޫއިން ބުނީ، އުރީދޫގެ ވެބްސައިޓު މެދުވެރިކޮށް 26 އޮކްޓޯބަރުން ފެށިގެން 26 ނޮވެމްބަރު 2024ގެ 23:59އާ ހަމައަށް މި ލަކީ ޑްރޯގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި ނަސީބުވެރި ދެ ފަރާތަށް ދޯހާ މެރަތަންގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ލަކީ ޑްރޯގައި ބައިވެރިވުމުގެ ޝަރުތުތައް:

  • އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރެއްގެ ގޮތުގައި މަދުވެގެން އެއް އަހަރު ދުވަހު ހުރުން، (ލަސްވެގެން އެކެއް އޮކްޓޯބަރު 2023އިން ފެށިގެން)
  • ދޯހާ މެރެތަންގައި ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވުމުގެ ގާބިލްކަން ހުރުން (ސިއްހީ ގޮތުން، އަދި މީގެ ކުރިން ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވެފައިވުން)
  • ގަތަރަށް އެތެރެވުމުގެ ޝަރުތުތައް ފުރިހަމަވާ ދިވެހި ޕާސްޕޯޓެއް އޮތުން
  • 26 އޮކްޓޫބަރ 2024ގެ 23:59ގެ ކުރިން ލަކީ ޑްރޯގައި ބައިވެރިވުން

އުރީދޫގެ ކަސްޓަމަރެއް ނަމަ، އުރީދޫގެ ވެބްސައިޓު މެދުވެރިކޮށް މި ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355