twitterviber whatsapp telegramfacebookyoutube instagram
27th June 2026

މެޑަމް ސާޖިދާ ރަސްމީ ދަތުރުފުޅެއްގައި ޓެންޒެނިޔާއަށް ފުރާވަޑައިގެންފި

ނަބީލާ އިސްމާޢީލް
Oct 28, 2024

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ޓެންޒެނިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފިއެވެ.

އެކަމަނާގެ މި ދަތުރުފުޅަކީ، މެކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީގެ 11ވަނަ އަހަރީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ކޮންފަރެންސްގެ މަތީފަންތީގެ ފަސްޓް ލޭޑީސް ޕެނަލާއި މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް ކޮމިޓީ ބައްދަލުވުމުގައި ވެސް އެކަމަނާ ވާހަކުފުޅުދައްކަވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މާދަމާއިން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސްގެ 11ވަނަ ބައްދަލުވުމުގައި އަންހެނުން ބާރުވެރިކުރުވުމާއި ބަލިތައް މެނޭޖްކުރުމާއި އެފްރިކާ އާއި އޭޝިއާގެ އެކި ކަންކޮޅުތަކުގައި ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ފުޅާކުރުން ފަދަ މައުލޫތަކާ ގުޅޭ މުހިންމު މަޝްވަރާތައް ކުރިއަށްދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355