މޭޔަރު ވިދާޅުވީ މިހާރު ބަޖެޓް އޮތްގޮތުން ކުޅުދުއްފުށީ ކައުންސިލަށް 2025 ވަނައަހަރު ބްލޮކް ގްރާންޓްގެ ގޮތުގައި ލިބެން އޮތީ 32 މިލިއަން ރުފިޔާކަމަށާއި މިއީ 2024 ގައި ލިބުނު ބަޖެޓަށްވުރެ 22 މިލިއަން މަދު އަދަދެއްކަމަށް.
2025 ވަނަ އަހަރުގެ ބަޖެޓްގައި ކަައުންސިލްތަކުގެ ބްލޮކް ގްރާންޓްގެ ގޮތުގައި ލިބެންޖެހޭ އަދަދު ކުޑަކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް އެގޮތަށް ފާސްކޮށްފިނަމަ، ކައުންސިލްތަކުގެ ރިކަރަންޓް ހަރަދު ފޫބައްދަންވެސް ގޮންޖެހުންތަކެއް ހުންނާނެކަމަށް ވިދާޅުވެ ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާާތިފް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި މޭޔަރު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ދައުލަތުގެ ބަޖެޓުގެ %5 އަށް ބަލާނަމަ، 2025 ވަނަ އަހަރު ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓްގެ ގޮތުގައި 2.83 ބިލިޔަން ރުފިޔާ ބަޖެޓްގައި އޮންނަންވާނެ ކަމަށެވެ. އެހެންނަމަވެސް ހުށަހަޅާފައިވާ ބަޖެޓްގައި ކައުންސިލްތަކަށް އޮތީ 1.4 ބިލިއަން ރުފިޔާކަމަށާއި މިއީ ދޭންޖެހޭ އަދަދުގެ ގާތްގަނޑަކަށް %50 މަދު އަދަދެއް ކަމަށެވެ.
މޭޔަރު ވިދާޅުވީ މިހާރު ބަޖެޓް އޮތްގޮތުން ކުޅުދުއްފުށީ ކައުންސިލަށް 2025 ވަނައަހަރު ބްލޮކް ގްރާންޓްގެ ގޮތުގައި ލިބެން އޮތީ 32 މިލިއަން ރުފިޔާކަމަށާއި މިއީ 2024 ގައި ލިބުނު ބަޖެޓަށްވުރެ 22 މިލިއަން މަދު އަދަދެއްކަމަށެވެ.
"އަދި އަންނަ އަހަރު ލިބެންޖެހޭ އަދަދަށްވުރެ ގާތްގަނޑަކަށް 30 މިލިއަން މަދު އަދަދެއް." މޭޔަރު ވިދާޅުވި އެވެ.
އިތުރަށް މޭޔަރު ވިދާޅުވީ އަތޮޅުތެރޭގެ ރަށްތަކުގެ ކުރިއެރުމާއި ރައްޔިތުންގެ ލާބައާއި މަންފާއަށް ކައުންސިލްތަކުން ކުރަމުންދާ މަސައްކަތްތައް ނުކުރެވޭވަރަށް ބަޖެޓު ކުޑަކުރުމަކީ ބަލައިގަނެވޭނެކަމެއްނޫން ކަމަށާއި ކުރިންވެސް ދެމުންއައިގޮތަށް ޖުމްލަ ބަޖެޓުގެ %5 އަށް ކައުންސިލްތަކުގެ ބްލޮކް ގްރާންޓް ބޮޑުކުރުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލައްވާކަމަށެވެ.