twitterviber whatsapp telegramfacebookyoutube instagram
7th April 2025
ނައިބު ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް އެއާޕޯޓްގައި މަޑުކޮށްލައިގެން. އަރިހުގައި ސްޕޯޓްސް މިނިސްޓަރު ރާފިއު--ފޮޓޯ: ރައީސް އޮފީސް

'ހަށިހެޔޮ ރާއްޖެ' އިފްތިތާހްހުކޮށްދެއްވުމަށް ނައިބު ރައީސް ކުޅުދުއްފުއްޓަށް

Nov 5, 2024

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒް ހުސައިން މުޙައްމަދު ލަތީފް، ކުޅުދުއްފުއްޓަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ވަޑައިގަންނަވައިފި އެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް އިފްތިތާހުކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ. "ހަށިހެޔޮ ރާއްޖެ" ޕްރޮގުރާމަށް ލީޑާސް ތަމްރީނުކުރުމަށްޓަކާ ހަ ޒޯނަކަށް ބަހާލައިގެން، "ލީޑިން ލީޑަރސް"ގެ ނަމުގައި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން، މިހިނގާ ނޮވެންބަރ މަހުގެ 4 ވަނަދުވަހު ވަނީ ޕްރޮގުރާމެއް ފަށްޓަވާފައެވެ.

މީހުން ބިނާކުރުމާއި ތަމްރީނުކުރުމަކީ ގައުމުގެ ކުރިމަގު އުޖާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތެއްކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ

އެގޮތުން މިއަދު މި އިފްތިތާހުކުރި ޕްރޮގްރާމަކީވެސް މި ސަރުކާރުގެ ހަފުތާ 14ގެ ވަޢުދުތަކުގައި ހިމެނޭ، މޮޅެތި އެތުލީޓުން އުފެއްދުމާބެހޭ ދިގު ރާސްތާގެ ޕްރޮގްރާމް ފަރުމާކުރުމުގެ ސިޔާސަތުގެ ތެރެއިން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުން ކުރިއަށް ގެންދަވާ ހަރަކާތެކެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com