twitterviber whatsapp telegramfacebookyoutube instagram
13th May 2026

ކަނޑުގެ ރާޅޫން ހަކަތަ އުފައްދަން ސްޓެލްކޯއިން ދިރާސާއެއް ފަށައިފި

Nov 10, 2024

ކަނޑުގެ ރާޅުން ހަކަތަ އުފެއްދުމަށް ސްޓެލްކޯ އިން ދިރާސާ މަޝްރޫއެއް ފަށައިފި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ ހަކަތައިގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ހާސިލުކުރުމަށް ފެށި މަޝްރޫއެކެވެ.

މިއީ އިރުގެ އަލިން އުފައްދާ ހަކަތައިގެ އިތުރުން އިޔާދަކުރަނިވި ހަކަތަ އުފެއްދޭނެ އިތުރު ގޮތްތައް ހޯދުމުގެ ގޮތުން ކުރާ ދިރާސާއެކެވެ.

ފަހުމީ ވިދާޅުވި ގޮތުގައި މި ދިރާސާގައި ރާޅުން ހަކަތަ އުފެއްދުމަށް ބޭނުންވާ މައުލޫމާތު އެއްކުރާނެ އެވެ.

އިރުގެ އަލިން ހަކަތަ އުފެއްދުމާއި ހިލާފަށް ރާޅުން ހަކަތަ އުފެއްދުމުގައި ފައިދާތަކެއް ހުރިކަން ފަހުމީ ފާހަގަކުރެއްވި އެވެ. އެ ގޮތުން މޫސުމާއެކު އިރުގެ އަލިން ހަކަތަ އުފެއްދުމަށް އަސަރުކުރި ނަމަވެސް ރާޅުން ހަކަތަ އުފެއްދުމަށް ކުރާ އަސަރު ކުޑަ ކަމަށް ވިދާޅުވި އެވެ.

މި ދިރާސާގެ ތެރެއިން ސްޓެލްކޯގެ އަމާޒަކީ ރާޅު ހަކަތަ މިހާރު ހުރި އިއާދަކުރަނިވި ހަކަތަ ފުރިހަމަ ކުރެވޭނެ ގޮތްތައް ބަލައި މިހާރަށްވުރެ ވަރުގަދަ އަދި އިތުބާރު ހުރި ހަކަތަ ގްރިޑެއް އުފެއްދުން ކަމަށް ފަހުމީ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355