twitterviber whatsapp telegramfacebookyoutube instagram
22nd August 2026

ހުރިހާ އަތޮޅަކުން އައިޑީ ކާޑާއި ޕާސްޕޯޓު ހިދުމަތް ދިނުމުގެ މަޝްރޫއު ފަށައިފި

Nov 17, 2024

މުޅިރާއްޖެއަށް ޕާސްޕޯޓާއި އައިޑީ ކާޑު ހެދުމުގެ ޕްރޮގްރާމު ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އިއްޔެ އިފްތިތާހު ކޮށްދެއްވައިފި އެވެ.

މި ޕްރޮގްރާމުގެ ދަށުން މުޅިރާއްޖެއަށް މިހިދުމަތް ތައާރަފް ކުރިއިރު މިއަހަރު ޕާސްޕޯޓްގެ ހިދުމަތް ފަށާ ތަންތަނުގެ ތެރޭގައި މާލޭ ސަރަހައްދުގެ އިތުރުން ލ. ފޮނަދޫ އާއި ދ. ކުޑަހުވަދޫގައި ޕާސްޕޯޓް ހެދުމުގެ ހިދުމަތް ލިބިގެންދާނެ އެވެ.

މިއަހަރު އައިޑީ ކާޑު ހިދުމަތް ފަށާ ތަންތަނުގެ ތެރޭގައި މާލެ ސަރަހައްދުގެ އިތުރުން ކުޅުދުއްފުށީ ހިމެނެ އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ އިމިގުރޭޝަންއަށް މައުލޫމާތު ހުށައެޅުމުން ހުށަހެޅޭ މައުލޫމާތު ރައްކާތެރިކަމާއެކު ރައްކާކުރެވި ރަށްރަށުގެ ކައުންސިތަކުން އައިޑީ ކާޑާއި ޕާސްޕޯޓް ޕްރިންޓް ކުރެވިގެންދާނީ ރައްކާތެރިކަމާއެކު ކަމަށެވެ.

މި ހިދުމަތް މުޅިރާއްޖެއަށް އަންނަ އަހަރު ނިމުގެ ކުރިން ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު އިހްސާނު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355