twitterviber whatsapp telegramfacebookyoutube instagram
8th July 2026

މޯލްޑިވިއަނުން ޗައިނާގެ 4 ސިޓީއަކަށް ދަތުރުތައް ފަށަނީ

Dec 11, 2024

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނަށް ވައިޑް ބޮޑީ އެއާކްރާފްޓް ގެނެސް އަންނަ ޖެނުއަރީ މަހުން ފެށިގެން ޗައިނާގެ 4 ސިޓީއަކަށް ދަތުރުތައް ފަށަން ހަމަޖެހިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މޯލްޑިވިއަންގެ ދަތުރުތައް ފެށުމާއި ގުޅޭ ގޮތުން ޗައިނާގެ ބެއިޖިންގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ވިދާޅުވީ ވައިޑް ބޮޑީ އެއާކްރާފްޓްގެ ދަތުރުތައް ކުރުމުގެ ގާބިލްކަން ގައުމީ އެއާލައިންގައި ގާއިމްކޮށްދިނުމަށް ވައުދު ފުއްދަވައިދެއްވާފައިވާތީ ރައީސް މުއިއްޒުއަށް ޝުކުރު ދަންނަވާކަމަށެވެ.

އަދި ޗައިނާގެ ވެރިރަށް ބެއިޖިންގެ އިތުރުން މޯލްޑިވިއަންއިން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ޝަންހާއީ، ޗެންޑޫ އަދި ޒިޔާންއަށް ކަމަށް އަމީން ވިދާޅުވި އެވެ.

މި މަންޒިލްތަކަށް ދަތުރުކުރުމަށް މޯލްޑިވިއަންއިން ބޭނުންކުރާނީ އޭ 330-200 ވައިޑް ބޮޑީ މަތިންދާބޯޓެވެ. މި މަރުކާގެ ބޯޓުން 264 ޕަސެންޖަރުންނަށް ދަތުރުކުރެވޭނެ އެވެ.

މޯލްޑިވިއަނުން ބައިނަލްއަގުވާމީ ދަތުރުތައް މިހާރު ކުރަމުންދަނީ ބަންގްލަދޭޝްގެ ޑާކާ، އިންޑިއާގެ ޓްރިވެންޑްރަމް، ކޮޗިން އަދި ބެންގަލޫރުގެ އިތުރުން ސްރީލަންކާގެ ކޮލަމްބޯއަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355